Advertisement

ސައުދީ އަތުން ބަލިވުމަކީ ބޮޑު ގެއްލުމެއް، އެނބުރި އަންނާނީ ވަތުގަދަކޮށް: މެސީ

22 ނޮވެންބަރު 2022 - 23:11 0


ސައުދީ އަތުން ބަލިވުމަކީ ބޮޑު ގެއްލުމެއް، އެނބުރި އަންނާނީ ވަތުގަދަކޮށް: މެސީ

22 ނޮވެންބަރު 2022 - 23:11 0

ދޯހާ (ނޮވެމްބަރު 22) - ފީފާ ވޯލްޑް ކަޕްގައި މިއަދު ހައިރާންކުރަނިވި ގޮތަކަށް ސައުދީ އަރަބިއްޔާ އަތުން އާޖެންޓީނާ ބަލިވުމަކީ އެ ޓީމަށް ކުރިމަތިވި ބޮޑު ގެއްލުމެއް ކަމަށާއި އެކަމަކު އާޖެންޓީނާ އެނބުރި އަންނާނީ ވަރުގަދަކޮށް ކަމަށް އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފި އެވެ.

މެޗުގެ ކުރީކޮޅު އާޖެންޓީނާ އަށް ލިބުނު ޕެނަލްޓީ އަކުން މެސީ އާޖެންޓީނާ އަށް ލީޑު ހޯދައިދީފައިވަނިކޮށް، އެ ޓީމުގެ ސިއްސުވާލުމަށް ފަހު ސައުދީން މެޗުގެ ނަތީޖާ އަނބުރާލީ ސާލެހް އަލް ސެހްރީ އާއި ސާލެމް އަލްދައުސާރީ މެޗުގެ ދެ ވަނަ ހާފުގައި ޖެހި ލަނޑުތަކުންނެވެ.

"މިއީ ވަރަށް ބޮޑު ގެއްލުމެއް. މި މެޗުން ބަލިވުމުން އަހަރަމެން ވަރަށް ދެރަވެއްޖެ. އެކަމަކު، މި ނަތީޖާއާ އެކު ވެސް އަމިއްލަ ނަފްސަށް އޮތް އިތުބާރު އަހަރަމެން ހިފަހައްޓަންޖެހޭ،" މެޗަށް ފަހު މެސީ ބުންޏެވެ. "މި ޓީމުގައި ތިބި ކުޅުންތެރިންނަކީ އުންމީދު ކަނޑާލާނެ ބައެއް ނޫން. ދެވަނަ މެޗުގައި މެކްސިކޯ ބަލިކުރަން މަސައްކަތްކުރާނީ."

މެސީ ބުނީ އާޖެންޓީނާގެ ކުޅުންތެރިން ބަލި ގަބޫލުކުރާ ކަމަށާއި އެނބުރި އަންނާނީ ކުރިއަށްވުރެ ވަރުގަދަކޮށް ކަމަށެވެ.

"މިއީ ވަރަށް ހިތްވަރުގަދަ ކުޅުންތެރިން ތިބި ޓީމެއް. އެކަން މީގެ ކުރިން ވެސް ސާބިތުކޮށްދީފިން. އެއްވެސް ބަހަނާއެއް ނެތް. ކުރިއަށްވުރެ ވަރުގަދަކޮށް އަހަރަމެން ދެން ނުކުންނާނީ،" މެސީ ބުންޏެވެ.

ވޯލްޑް ކަޕްގެ ފޭވަރިޓެއް ކަމަށްވާ އާޖެންޓީނާ މިރޭގެ މެޗަށް ނުކުތީ އެންމެ ފަހުން ކުޅުނު 36 މެޗުން ވެސް ބަލިނުވެއެވެ. ސައުދީން މިރޭ ހޯދި މޮޅަކީ ވޯލްޑް ކަޕްގެ ތާރީހުގައި ވެސް ފާހަގަކޮށްލެވޭނެ ނަތީޖާ އެކެވެ.