ސަޕްލިމެންޓަރީ ބަޖެޓާ އެކު ޑެފިސިޓް 17 ބިލިއަން ރުފިޔާއަށް

ސަޕްލިމެންޓަރީ ބަޖެޓާ އެކު ޑެފިސިޓް 17 ބިލިއަން ރުފިޔާއަށް

ދައުލަތުގެ ބަޖެޓަށް އިތުރު ކުރުމަށް ހުށަހަޅާފައިވާ 6.5 ބިލިއަން ރުފިޔާއާ އެކީ މި އަހަރުގެ ޖުމްލަ ބަޖެޓު ޑެފިސިޓް 17 ބިލިއަން ރުފިޔާއަށް ވުރެ އިތުރު ވާނެ ކަމަށް އަންދާޒާތަކުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން ވަނީ އިއްޔެ ރައްޔިތުންގެ މަޖިލީހަށް މި އަހަރުގެ ބަޖެޓަށް އިތުރުކުރަން ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅާފަ އެވެ.

ބަޖެޓު އިތުރުކުރުމާ ގުޅޭ ގޮތުން ފިނޭންސުން ނެރުނު ނޫސް ބަޔާނުގައި ބުނި ގޮތުގައި މި ބަޖެޓުން މައިގަނޑު ގޮތެއްގައި ހަރަދު ކުރުމަށް ކަނޑައެޅިފައި ވަނީ ޕީއެސްއައިޕީ އާއި އާސަންދަ އާއި ސަބްސިޑީޓަކަށް ކުރާ ހަރަދުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދޫކުރާ ކެޕިޓަލް ކޮންޓްރިބިއުޝަނަށެވެ.

ސަޕްލިމެންޓަރީ ބަޖެޓު

ޖުމްލަ ބަޖެޓު - 6.5 ބިލިއަން ރުފިޔާ

ރިކަރަންޓު ހަރަދު - 3.1 ބިލިއަން ރުފިޔާ

ސަބްސިޑީ - 1.8 ބިލިއަން ރުފިޔާ

އާސަންދަ - 1.2 ބިލިއަން ރުފިޔާ

ކެޕިޓަލް ހަރަދު - 3.3 ބިލިއަން ރުފިޔާ

ޕީއެސްއައިޕީ - 1.7 ބިލިއަން ރުފިޔާ

ސަޕްލިމެންޓަރީ ބަޖެޓު ހުށަހަޅަން ޖެހުނު ސަބަބުތައް ފާހަގަކުރަމުން ފިނޭންސުން ބުނީ މި އަހަރުގެ ތެރޭގައި ޕީއެސްއައިޕީ ހިންގުން ހަލުވިވެ، ބަޖެޓުކުރި މިންވަރަށް ވުރެ ބޮޑަށް އެ ނޫން ހަރަދުތައް ވެސް ހިނގައި، ބަޖެޓު ފާސްކުރިއިރު ހަރަދު ކުޑަކުރުމަށް ރާވާފައިވާ ގިނަ ފިޔަވަޅުތައް ރާވާފައިވާ ގޮތަށް ތަންފީޒުވެފައި ނުވާތީ، އެ ކަންކަމުން ލިބޭނެ ކަމަށް އަންދާޒާ ކުރާ ސޭވިންގްސް މިހާރު ދަށްވެފައިވާ ކަމަށެވެ.

މި އަހަރަށް ފާސްކުރީ 42.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ސަޕްލިމެންޓަރީ ބަޖެޓާ އެކީ މި އަހަރުގެ ބަޖެޓު 49.3 ބިލިއަން ރުފިޔާއަށް ބޮޑުވާނެ އެވެ.

ސަޕްލިމެންޓާ އެކު 2023ގެ ބަޖެޓު

  • ޖުމްލަ ބަޖެޓު - 49.3 ބިލިއަން ރުފިޔާ
  • ރިކަރަންޓު ހަރަދު - 3.1 ބިލިއަން ރުފިޔާ
  • ސަބްސިޑީ - 4.3 ބިލިއަން ރުފިޔާ
  • އާސަންދަ - 2.3 ބިލިއަން ރުފިޔާ
  • ކެޕިޓަލް ހަރަދު - 17.4 ބިލިއަން ރުފިޔާ
  • ޕީއެސްއައިޕީ - 10.3 ބިލިއަން ރުފިޔާ

ފިނޭންސުން އަންދާޒާ ކުރަނީ މި އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 32 ބިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ. އެހެންކަމުން މިހާރު ފާސްކޮށްފައިވާ ބަޖެޓަކީ 11.3 ބިލިއަން ރުފިޔާ ދަރަނި ނުވަތަ ޑެފިސިޓް ބަޖެޓެކެވެ. މިހާރު ސަޕްލިމެންޓް ކުރާ އަދަދާ އެކު ބަޖެޓު ޑެފިސިޓް 17.2 ބިލިއަން ރުފިޔާއަށް އަރާނެ އެވެ.

އާމްދަނީ އާއި ހިލޭ އެހީގެ އަންދާޒާތައް

ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީ - 23.3 ބިލިއަން ރުފިޔާ

ޓެކްސް ނޫން ގޮތްގޮތުން ލިބޭ އާމްދަނީ - 6.3 ބިލިއަން ރުފިޔާ

ހަރުމުދާ ވިއްކައިގެން - 18.8 މިލިއަން ރުފިޔާ

ހިލޭ އެހީގެ ގޮތުގައި ލިބޭ އާމްދަނީ - 2.4 ބިލިއަން ރުފިޔާ

ފިނޭންސުން އާންމުކޮށްފައިވާ މިހާތަނަށް ލިބުނު އާމްދަނީގެ އަދަދުތަކަށް ބަލާއިރު، މިދިޔަ ހަފުތާގެ ނިޔަލަށް 35.9 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބުނީ 26.3 ބިލިއަން ރުފިޔާ އެވެ.

މިހާތަނަށް ލިބުނު އަދަދުތަކަށް ބަލައި އިރު ޓެކްސް ނޫން އާމްދަނީގެ ގޮތުގައި މުޅި އަހަރަށް އަންދާޒާ ކުރި ވަރަށް ވުރެ އިތުރަށް 400 މިލިއަނަށް ވުރެ ގިނަ ރުފިޔާ މިހާރު ވެސް ލިބިއްޖެ އެވެ.

މިދިޔަ ހަފުތާގެ ނިޔަލަށް ލިބުނު އާމްދަނީ

ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ - 19.1 ބިލިއަން ރުފިޔާ

ޓެކްސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީ - 6.7 ބިލިއަން ރުފިޔާ

ހަރުމުދާ ވިއްކައިގެން - 4.5 މިލިއަން ރުފިޔާ

ހިލޭ އެހީގެ ގޮތުގައި ލިބުނު އާމްދަނީ - 488.3 މިލިއަން ރުފިޔާ

ޓެކްސް އާމްދަނީ އުޅެނީ ގާތްގަނޑަކަށް އަންދާޒާ ކުރި މިންވަރަށެވެ. އަދި މިހާތަނަށް ލިބިފައިވާ ޓެކްސް އާމްދަނީގެ އެވަރެޖަށް ބަލައި އިރު އަހަރުގެ ނިޔަލަށް ލިބޭނެ ކަމަށް ޓެކްސް އާމްދަނީ ވެސް ލިބޭނެ ކަމަށް ބެލެވެ އެވެ.

ލަފާކުރި ވަރަށް ނުލިބޭނެ ކަމަށް ބެލެވެނީ ހިލޭ އެހީ އެވެ. ވޭތުވި ގިނަ އަހަރުތަކުގެ ބަޖެޓުގައި ވެސް ލަފާކުރި ވަރަށް ހިލޭ އެހީ ލިބިފައި ނުވެ އެވެ. މި އަހަރުގެ މިހާތަނަށް ހިލޭ އެހީގެ ގޮތުގައި ލިބުނީ ލަފާ ކުރި ވަރުގެ އެންމެ 19 އިންސައްތަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސުޕްރީމްކޯޓު ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ކަމަށްވާއިރު، ޖޭއެސްސީގެ ޕޯޓަލް މެދުވެރިކޮށް ނުވަތަ އެ ކޮމިޝަނަށް ފޯމު ހުށަހެޅޭނެއެވެ.

ޑޮލަރުގެ އަގުބޮޑުވުމުގެ ޒިންމާ އުފުލަންޖެހޭނީ އެމްއެމްއޭއިން

މިނިސްޓަރު މިހެން ވިދާޅުވީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދެއްވަމުން، ފޮރިން އެކްސްޗޭންޖް ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރުމަކީ ގާނޫނީގޮތުން އެމްއެމްއޭގެ މަސްއޫލިއްޔަތެއްކަން ފާހަގަކުރައްވަމުންނެވެ.

ހޯމް ސްކޫލިން ހުއްދަކުރާ ބިލަށް ރައްޔިތުންގެ ހިޔާލު ހޯދަނީ

މި އިޞްލާޙުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި ޚާއްޞަ ޙާލަތްތަކުގައިވާ ކުދިންނަށް އިސްތިސްނާ ދިނުމާއި، މިކަމާ ގުޅޭ އުޞޫލުތައް ކަނޑައެޅުމަށް ބަޔާންކޮށްފައިވެއެވެ. މި ބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ނޮވެމްބަރު 12 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ދެ ފިރިހެނުންގެ ކައިވެނީގެ މައްސަލަ ތަހުގީގުކުރަން ގޮވާލައިފި

ފިރާގު ވިދާޅުވީ ބޭރުގެ އިންވެސްޓަރުން ހިންގާ ރިސޯޓުތަކުން ވެސް ރާއްޖޭގެ ގާނޫނުތަކާއި ސަގާފީ ހަމަތަކަށް ބޯލަނބަންޖެހޭނެ ކަމަށެވެ. އާންމުންގެ ބޮޑު ފާޑުކިޔުމެއް މިކަމަށް އަމާޒުވެފައިވާއިރު، މިއީ ރަމްޒީ ކައިވެންޏެއް ކަމަށް ބެލެވެއެވެ.

ގޭސްފުޅިއަށް، ގޭސް އަޅައިދޭ މިންވަރު މަދުކޮށްފި

އަންނަ ހޮނިހިރު ދުވަހުން ފެށިގެން ގެންނަ މި ވަގުތީ ބަދަލުގައި، ގޭހުގެ އަގު ނަގާނީ ފުޅިއަށް އަޅާ ކިލޯގެ ނިސްބަތުން ކަމަށާއި، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ރަސްމާލެއަށް އިންކުއަރީ ހިންގަން ގޮވާލައި މަޖިލީހަށް ޕެޓިޝަނެއް

އިދިކޮޅު ޕީއެންއެފްގެ އެކްޓިވިސްޓު، ހަލީމަތު ޒުހައިރާ ހުށަހެޅި އެ ޕެޓިޝަނުގައި ގޮވާލާފައި ވަނީ ރަސްމާލެ ވިއްކާލުމަށް އެއްވެސް ގާނޫނެއް ހެދުމުގެ ކުރިން އިންކުއަރީއެއް ހިންގުމަށެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު އެއްވުން ނޮވެންބަރު 13 އަށް ފަސްކޮށްފި

ރަސްމާލެ ވިއްކުމާ ދެކޮޅަށް "ގައުމީ ހަރަކާތުން" ބާއްވަން ނިންމި އެއްވުން، އެމްޑީޕީއާ ގުޅިގެން އިތުރަށް ތައްޔާރުވުމަށްޓަކައި ނޮވެންބަރު 13 އަށް ފަސްކޮށްފިއެވެ. މި ހަރަކާތުގެ އިސްވެރިޔާ އިމްރާން އަބްދުﷲ ވިދާޅުވީ، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް ގިނަ ބަޔަކު ގުޅެމުންދާތީ ސަރުކާރު އޮތީ ބޮޑު ޕްރެޝަރެއްގެ ތެރޭގައެވެ.

Newsletter

Get the latest news delivered straight to your inbox