Advertisement

ބަޑީގެ ހަމަލާއެއްގެ ސަބަބުން، ސްވިޑެން އާއި ބެލްޖިއަމް ވާދަކުރި ޔޫރޯ ކޮލިފައިން މެޗު ހުއްޓާލައިފި

17 އޮކްޓޯބަރު 2023 - 12:08 0


ބަޑީގެ ހަމަލާއެއްގެ ސަބަބުން، ސްވިޑެން އާއި ބެލްޖިއަމް ވާދަކުރި ޔޫރޯ ކޮލިފައިން މެޗު ހުއްޓާލައިފި

17 އޮކްޓޯބަރު 2023 - 12:08 0

ބްރުސެލްސް، ބެލްޖިއަމް (އޮކްޓޯބަރު 17) - ބެލްޖިއަމްގެ ބްރުސެލްގައި ރޭ ދިން ބަޑީގެ ހަމަލާއެއްގައި ދެ މީހަކު މަރުވުމުން ޔޫއެފާ ޔޫރޯ ކޮފައިންގައި ބެލްޖިއަމް އާއި ސްވިޑެން ވާދަކުރަމުން ދިޔަ މެޗުގެ ދެވަނަ ހާފު ނުކުޅެ ހުއްޓާލައިފި އެވެ.

އެ ގޮތުން، 1-1 އިން މެޗުގެ ފުރަތަމަ ހާފު ނިންމައި ކުޅުންތެރިން ޗޭންޖިން ރޫމަށް ދިޔުމާ އެކު ދަނޑުގެ އެނައުންސަރު ވަނީ މި ހަމަލާގެ ހަބަރު ސަޕޯޓަރުންނަށް ދީފަ އެވެ. އަދި ސަލާމަތީ ސަބަބަތުތަކަށްޓަކައި ސަޕޯޓަރުން ދަނޑުން ނުނިކުތުމަށް އެދިފަ އެވެ.

ސްވިޑެންގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މި ހަމަލާ ހިނގާފައިވަނީ މެޗު ފެށުމުގެ ކުރިން ސްޓޭޑިއަމް ސަރަހައްދުގަ އެވެ. ސްވިޑެންގެ ޖާޒީ ލައިގެން ހުރި ދެ ސަޕޯޓަރަކަށް ބަޑިން ހަމާލާދީ މަރާލި ހާދިސާގައި މަރުވެފައިވަނީ ސްވިޑެންގެ ދެ މީހުންނެވެ.

ސަލާމަތީ ކަންކަން ކަށަވަރު ކުރުމަށް ފަހު ސަޕޯޓަރުންނަށް ދަނޑުން ނުކުމެވުނީ މެޗު ހުއްޓާލިތާ ގާތްގަނޑަކަށް ދޮޅު ގަޑިއިރު ފަހުންނެވެ. އެހާ ވަގުތު އެކަމަށް ނެގި ސަބަބަކީ ހަމަލާ ދިން މީހާ ސަޕޯޓަރުންގެ ތެރޭގައި ނެތްކަން ޔަގީންކުރުމަށެވެ.

ރޭގެ މެޗުގެ ދެ ވަނަ ހާފު ނުކުޅެ ހުއްޓާލިއިރު، ސްވިޑެން އަށް އަންނަ އަހަރުގެ ޔޫރޯގެ ފުރުސަތު ވަނީ ގެއްލިފަ އެވެ. އެ ޓީމު އޮތީ ޔޫރޯ ކޮލިފައިން ގްރޫޕް އެފްގެ ތިން ވަނައިގަ އެވެ. މި ގްރޫޕުން ކޮލިފައިވެފައިވަނީ އެއް ވަނައިގައި އޮތް ބެލްޖިއަމް އާއި ރޭ އަޒަރުބައިޖާން އަތުން 1-0 އިން މޮޅުވި އޮސްޓްރިއާ އެވެ.

ޔޫރޯ އަށް ކޮލިފައިވުމުގެ ފުރުސަތު ސްވިޑެން އަށް ގެއްލިފައިވާތީ މެޗުގެ ބާކީ އޮތް ބައި ކުޅެން އެ ގައުމުން ބޭނުމެއް ނުވެ އެވެ.