Advertisement

ފަލަސްތީނުގެ ބެލުމުގެ ދަށުގައި ތިބީ އިޒްރޭލުގެ 199 މީހުން

16 އޮކްޓޯބަރު 2023 - 14:01 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިޒްރޭލް ސިފައިން.


ފަލަސްތީނުގެ ބެލުމުގެ ދަށުގައި ތިބީ އިޒްރޭލުގެ 199 މީހުން

16 އޮކްޓޯބަރު 2023 - 14:01 0

ހަމާސްގެ ބެލުމުގެ ދަށުގައި ތިބީ އިޒްރޭލުގެ 199 މީހުން ކަމަށް އިޒްރޭލުގެ ސިފައިން ހޯމަ ދުވަހު ބުނެފި އެވެ.

އޮކްޓޯބަރު 7، ގައި ހަމާސްއިން ފެށި އޮޕަރޭޝަނުގައި ގިނަ އަދަދެއްގެ އިޒްރޭލް މީހުން ހައްޔަރުކޮށްފައިވާ ކަމަށް މީގެ ކުރިން އެ ގްރޫޕުން ބުންޏެވެ.

އެކަމަކު ސީދާ އަދަަދު ހާމައެއް ނުކުރެ އެވެ. އިޒްރޭލުން ކުރިން ލަފާކުރީ ހަމާސްގެ ބެލުމުގެ ދަށުގައި 155 މީހުން ތިބި ކަމަށެވެ.

އެހެން ނަމަވެސް ސިފައިންގެ ތަރުޖަމާނު ޑެނިއެލް ހަގަރީ ބުނީ ދިރާސާތަކެއް ކުރުމަށް ފަހު އެ އަދަދު 199 އަށް އިތުރުވެފައިވާ ކަމަށެވެ.

ހަމާސްއިން ހައްޔަރުކުރި މީހުންގެ ތެރޭގައި އިޒްރޭލްގެ ސިފައިންނާއި އާއްމުން ވެސް ހިމެނެ އެވެ. އެ މީހުން ދޫކުރާނީ ޝަރުތުތަކެއްގެ މަތިން ކަމަށް އެ ގްރޫޕުން ވަނީ އަންގައިފަ އެވެ.

ހަމާސްއިން ޑިމާންޑް ކުރަނީ އެއްވެސް ދައުވާއެއް އަދި ޝަރީއަތެއް ހިންގުމެއް ނެތި އިޒްރޭލްގެ ޖަލުތަކުގައި އެތައް އަހަރެއް ވަންދެން ބަންދުކޮށްފައި ތިބި ފަލަސްތީނުގެ ރައްޔިތުން ދޫކުރުމަށެވެ.