Advertisement

ޔޫސުފް ހޯދަން ޑައިވްކޮށްގެން 78،850 އަކަ މީޓަރުގެ ސަރަހައްދެއް ބަލައިފި

16 އޮކްޓޯބަރު 2023 - 13:40 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

އދ. ދަނގެތި، ޔޫސުފް އިބްރާހީމް (68 އަހަރު)--


ޔޫސުފް ހޯދަން ޑައިވްކޮށްގެން 78،850 އަކަ މީޓަރުގެ ސަރަހައްދެއް ބަލައިފި

16 އޮކްޓޯބަރު 2023 - 13:40 0

އދ. ދަނގެތިން ކުޑަ އިންޖީނު ދޯންޏެއްގައި މިދިޔަ ހޮނިހިރު ދުވަހު ފަތިހު މަހަށް ނިކުމެގެން އުޅެނިކޮށް ގެއްލުނު މީހާ ހޯދުމުގެ މަސައްކަތުގައި ޑައިވްކޮށްގެން 78،850 އަކަ މީޓަރުގެ ސަރަހައްދެއް ބަލާފައިވާކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ގެއްލިގެން ހޯދަނީ އެ ރަށު ޔޫސުފް އިބްރާހީމް (ޔޫސުންބެ), 68, އެވެ.

ހޮނިހިރު ދުވަހު ފަތިހު ކުޑަ އިންޖީނު ދޯންޏެއްގައި ޔޫސުފް މަސްވެރިކަމަށް ނިކުތީ އދ. އޮރިމަސް ފަޅުގެ އިރުމަތި ފަރާތަށެވެ. އޭނާ މަހަށް ދިޔަ ދޯނި އދ. ރަންދެލި އުތުރު ކަނޑުއޮޅިން ދަނިކޮށް ބަޔަކަށް ފެނުނީ އެދުވަހު ހެދުނު 09:00 އާއި 09:30 އާ ދެމުދު ވަގުތެއްގަ އެވެ.

އެމްއެންޑީއެފުން ބުނީ ޔޫސުފް ހޯދުމުގެ މަސައްކަތުގައި އިއްޔެ ޑައިވްކޮށްގެން އަދި ވައިގެ މަގުން ކަނޑުމަތީގެ ސަރަހައްދުތައް ބަލާފައިވާ ކަމަށެވެ. އެގޮތުން ޑައިވްކޮށްގެން 78،850 އަކަ މީޓަރުގެ ސަރަހައްދެއް ބަލާފައިވާއިރު، މި ޑައިވްތަކުގައި އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ ޑައިވަރުންނާއެކު ދަނގެތީގެ ޑައިވަރުން ވެސް ބައިވެރިވެފައިވާކަމަށް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ.

މީގެ އިތުރުން ވައިގެ މަގުން އެމްއެންޑީއެފް ޑޯނިއާ އެއަރކްރާފްޓުގައި 156.87 އަކަ މޭލުގެ ސަރަހައްދެއް ބަލާފައިވާއިރު، ކަނޑުމަގުން 4.11 އަކަ މޭލުގެ ސަރަހައްދެއް އެމްއެންޑީއެފުން ވަނީ ބަލާފަ އެވެ.

ޔޫސުފް ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑަށް ލިލީ ބީޗް ރިޒޯޓް އެންޑް ސްޕާއާއި، ވިލަމެންދޫ އައިލެންޑް ރިޒޯޓް އެންޑް ސްޕާއާއި، ނޯވާ މޯލްޑިވްސްއާއި، އަމާޔާ ރިޒޯޓް ކުޑަ ރަށް މޯލްޑިވްސް އަދި ދަނގެތީގެ އާންމުންގެ ފަރާތުން އެހީތެރިކަން ލިބެމުން އަންނަކަން އެމްއެންޑީއެފުން މައުލޫމާތުދެ އެވެ.

އެންމެ ފަހުން ފެނުނު އިރު ޔޫސުފް ލައިގެން ހުރީ ރަތް ކުލައިގެ ޓީޝާޓެއް ކަމަށް އެމްއެންޑީއެފް މައުލޫމާތުދެ އެވެ.

ޔޫސުފްގެ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުމަށް އެމްއެމްޑީއެފުން އެދެ އެވެ. 3391665 މި ނަންބަރަށް ފެކްސް ކުރެވޭނެކަމަށް ވެސް އެ އިދާރާއިން މައުލޫމާތުދެ އެވެ.