Advertisement

ސްކުއިޑް ގޭމްގެ ރިއަލިޓީ ޝޯ ނޮވެމްބަރު 22ގައި

15 އޮކްޓޯބަރު 2023 - 10:06 0

ރައްޔާން މުހައްމަދު

ރައްޔާން މުހައްމަދު

ފޮޓޯ: ނެޓްފްލިކްސް


ސްކުއިޑް ގޭމްގެ ރިއަލިޓީ ޝޯ ނޮވެމްބަރު 22ގައި

15 އޮކްޓޯބަރު 2023 - 10:06 0

ނެޓްފްލިކްސްގެ އެންމެ މަގުބޫލު އެއް ސީރީޒް "ސްކުއިޑް ގޭމް" އަށް ބިނާކޮށް ހަދާ ރިއަލިޓީ ޝޯ "ސްކުއިޑް ގޭމް: ދަ ޗެލެންޖް" ނޮވެމްބަރު 22 ގައި ނެރުމަށް ހަމަޖެހިފައިވާ ކަމަށް ނެޓްފްލިކްސް އިން ބުނެފި އެވެ.

ސީރީޒް އެކޭ އެއްފަދައިން މި ޝޯގައި، ފައިސާގެ އިނާމެއް ކާމިޔާބު ކުރުމަށް 456 މީހުން ވާދަކުރާނެ އެވެ. ޝޯއިން އެއްވަނަ ލިބޭ ފަރާތަކަށް ވަނީ 4.56 މިލިއަން ޑޮލަރު ލިބޭނެ އެވެ.

ސްކުއިޑް ގޭމް 2021 ގައި ނެރުމާއެކު މަދު ދުވަސްކޮޅެއްގެ ތެރޭގައި އާދަޔާހިލާފު މަގުބޫލު ކަމެއް އެ ސީރީޒަށް ވަނީ ލިބިފަ އެވެ. އަދި ސީރީޒްއިން ފެންނަ ކުޅިވަރުތައް އަސްލު މީހުން ކުޅޭތަން ބެލުމަށް ޝައުގުވެރިކަން ހުރިކަން އެކި ފަރާތްތަކުން ދިޔައީ ހާމަކުރަމުންނެވެ.

މި މަގުބޫލުކަމާއެކު އެފަދަ ރިއަލިޓީ ޝޯއެއްގެ މަސައްކަތް ކުރަން ނިންމާފައިވާކަން ނެޓްފްލިކްސް އިން އިއުލާންކޮށްފައި ވަނީ މިދިޔަ އަހަރު ޖޫން މަހު އެވެ. ނަމަވެސް ޝޯ އާންމުނާ ހިސާބަށް އަންނާނެ ވަކި ތާރީހެއް އޭރު އަންގާފައެއް ނުވެ އެވެ.

ރިއަލިޓީ ޝޯއެއްގެ އިތުރުން، ސްކުއިޑް ގޭމްއާ ކުޅޭ ކުޅިވަރުތައް ހިމެނޭ "އިމާސިވް އެކްސްޕީރިއެންސް" އެއް ޑިސެމްބަރު މަހު އެމެރިކާގެ ލޮސް އެންޖެލަސްގަ އޮންނާނެކަން ވެސް ނެޓްފްލިކްސްއިން ވަނީ ހާމަކޮށްފަ އެވެ. މިކަމަށް އާންމުނަށް ވަނީ ޓިކެޓް ވިއްކަން ފަށައިފަ އެވެ.

ސްކުއިޑް ގޭމް ސީރީޒް ގެ ދެވަނަ ސީޒަންގެ މަސައްކަތް ވެސް ވަނީ މިހާރު ފަށައިފަ އެވެ. ރިލީޒް ތާރީހު އަދި އާންމުކޮށްފައި ނެތް ނަމަވެސް އައު ސީޒަންގައި އިތުރުވާ ބައެއް ތަރިން ވަނީ ނެޓްފްލިކްސް އިން ހާމަކޮށްފަ އެވެ