Advertisement

ދެކުނު ކޮރެއާގެ ކޮންޓެންޓު ކުރިއަރުވަން ނެޓްފްލިކްސުން 2.5 ބިލިއަން ޑޮލަރު އިންވެސްޓު ކުރަނީ

26 އޭޕްރީލް 2023 - 07:48 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ނެޓްފްލިކްސްގެ ސީއީއޯ ވަނީ ދެކުނު ކޮރެއާގެ ރައީސްއާ ބައްދަލުކޮށްފައި.


ދެކުނު ކޮރެއާގެ ކޮންޓެންޓު ކުރިއަރުވަން ނެޓްފްލިކްސުން 2.5 ބިލިއަން ޑޮލަރު އިންވެސްޓު ކުރަނީ

26 އޭޕްރީލް 2023 - 07:48 0

ސޯލް، ދެކުނު ކޮރެއާ (އެޕްރީލް 25) - ދެކުނު ކޮރެއާގެ ކޮންޓެންޓު ކުރިއަރުވަން ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި 2.5 ބިލިއަން ޑޮލަރު އިންވެސްޓް ކުރާނެ ކަމަށް ނެޓްފްލިކްސުން ބުނެފި އެވެ.

ނެޓްފްލިކްސްގެ ސީއީއޯ ޓެޑް ސަރަންޑޯސް ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔެއޯލްއާ ބައްދަލުކުރުމަށް ފަހު ބުނީ ދެކުނު ކޮރެއާގައި އިންވެސްޓް ކުރުން އިތުރު ކުރާނެ ކަމަށެވެ.

ނެޓްފްލިކްސްގެ ހިދުމަތްތައް ދެކުނު ކޮރެއާގައި ފެށީ 2016 ވަނަ އަހަރު އެވެ. ކުންފުނިން ބުނީ ނިންމާފައި ވަނީ އެ ގައުމުގައި ކުރަމުން އައި އިންވެސްޓްމަންޓް ދެގުނަ ކުރަން ކަމަށެވެ.

ކޮރެއާގެ މުނިފޫހިފިލުވުމުގެ ސިނާއަތާ އެކު ހެދި ޕާޓްނާޝިޕްތަކުގެ ދަށުން ނެޓްފްލިކްސަށް ވަނީ ބޮޑެތި ފައިދާތަކެއް ލިބިފަ އެވެ. އެގޮތުން 2021 ވަނަ އަހަރުގެ "ސްކުއިޑް ގޭމް" ސީރީޒްއަކީ އާދަޔާ ހިލާފު ތަރުހީބެއް ލިބުނު އުފެއްދުމެކެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ނެޓްފްލިކްސުން ބުނޫ ކުންފުނީގެ 60 ޕަސެންޓް ސަބްސްކްރައިބަރުން 2022 ވަނަ އަހަރުގެ ކޮރެއާގެ ކޮންޓެންޓު ބެލި ކަމަށެވެ.