Advertisement

"ދަ ކްރައުން" ގެ އެންމެ ފަހު ސީޒަން މި އަހަރު ފަހުކޮޅު ނެރެނީ

10 އޮކްޓޯބަރު 2023 - 11:56 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ސީރީޒްގެ ޕޯސްޓަރެއް. -- ފޮޓޯ: ނެޓްފްލިކްސް


"ދަ ކްރައުން" ގެ އެންމެ ފަހު ސީޒަން މި އަހަރު ފަހުކޮޅު ނެރެނީ

10 އޮކްޓޯބަރު 2023 - 11:56 0

ގިނަ ބައެއްގެ މަގްބޫލުކަން ލިބުނު ނެޓްފްލިކްސްގެ "ދަ ކްރައުން" ސީރީޒްގެ އެންމެ ފަަހު ސީޒަން މި އަހަރު ފަހުކޮޅު ނެރޭނެ ކަމަށް އިއުލާންކޮށްފި އެވެ.

ނެޓްފްލިކްސުން ބުނީ ފަހު ސީޒަން ނެރޭނީ ދެ ބަޔަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ހަ ވަނަ ސީޒަންގެ ފުރަތަމަ ބައި ނެރޭނީ ނޮވެމްބަރު 16 ގަ އެވެ. އަދި ދެ ވަނަ ބައި ނެރޭނީ ޑިސެމްބަަރު 14 ގަ އެވެ.

ނެޓްފްލިކްސުން 2016 ވަނަ އަހަރު ދައްކަން ފެށި "ދަ ކްރައުން" އަކީ އިނގިރޭސި ޝާހީ އާއިލާގެ ތާރީހާ ގުޅުވައިގެން ތައްޔާރު ކުރި ޑްރާމާ ސީރީޒެކެވެ.

އެ ސީރީޒް ގިނަ ބަޔަކަށް ކަމުގޮސް، ގިނަ އެވޯޑުތަކެއް ވެސް ލިބުނެވެ. އޭގެ ތެރޭގައި 21 އެމީ އެވޯޑް ހިމެނެ އެވެ. އެހެން ނަަމަވެސް ޝާހީ އާއިލާއާ ގުޅޭ ސައްހަ ނޫން މައުލޫމާތު އޭގައި ހިމެނޭ ކަމަށް ބުނެ ބައެއް ފަރާތްތަކުން ނުރުހުން ވެސް ފާޅުކުރި އެވެ.

ބެލެވޭ ގޮތުގައި ފަހު ސީޒަންގައި ފެނިގެން ދާނީ 1997 ވަނަ އަހަރު އަމީރާ ޑަޔާނާ އަވަހާރަވި ކާރު އެކްސިޑެންޓާ ގުޅުން ހުރި ކަންކަމެވެ.

އޭގެ އިތުރުން އަމީރު ވިލިއަމް އާއި ކޭޓް މިޑްލްޓަންއާ ދެމެދު އެންމެ ފުރަތަމަ އޮތް ގުޅުން ވެސް އާ ސީޒަންގައި ފެނިގެން ދާނެ ކަމަށް ބެލެވެ އެވެ.