Advertisement

ހަނގުރާމަ "ފުޅާވިޔަ ނުދިނުމަށް" އެބަ މަސައްކަތް ކުރަން: ސައުދީ ވަލީ އަހުދު

10 އޮކްޓޯބަރު 2023 - 13:34 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ފަލަސްތީނުގެ ރައީސް މަހްމޫދް އައްބާސް އަދި ސައުދީ ވަލީ އަހުދު އަމީރު މުހައްމަދު ބިން ސަލްމާން.


ހަނގުރާމަ "ފުޅާވިޔަ ނުދިނުމަށް" އެބަ މަސައްކަތް ކުރަން: ސައުދީ ވަލީ އަހުދު

10 އޮކްޓޯބަރު 2023 - 13:34 0

ފަލަސްތީނުގައި ހިނގަމުންދާ ހަނގުރާމަ "ފުޅާވިޔަ ނުދިނުމަށް" މަސައްކަތް ކުރައްވަމުންދާ ކަމަށް ސައުދީ އަރަބިއްޔާގެ ވަލީ އަހުދު އަމީރު މުހައްމަދު ބިން ސަލްމާން ވިދާޅުވެއްޖެ އެވެ.

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއަށް ފޯނުން ގުޅުއްވައި ވަލީ އަހުދު ވަނީ ފަަލަސްތީނުގެ ރައްޔިތުންނާ އެކު ސައުދީ އަރަބިއްޔާ އޮތްކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

"ފަލަސްތީނު މީހުން ސާދާ ދިރިއުޅުމެއް އުޅުމުގެ ހައްގާއި، އެ މީހުންގެ އުއްމީދުތައް ހާސިލްކުރުމުގެ ހައްގާއި، ދާއިމީ ސުލްހަ ހޯދުމުގެ ހައްގަށް ކުރާ މަސައްކަަތުގައި ބައިވެރިވަން،" ވަލީ އަހުދު ވިދާޅުވި ކަމަށް ސައުދީ ޕްރެސް އެޖެންސީ (އެސްޕީއޭ) އިން އަންގާރަ ދުވަހުގެ ހެނދުނު ރިޕޯޓުކުރި އެވެ.

މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް ފަލަސްތީނުގެ 704 މީހުން ޝަހީދުކޮށްލާފައިވާ އިރު، އިޒްރޭލުން 900 މީހުން މަރުވެފައިވެ އެވެ.

ހަނގުރާމަ ފެށީ ގާޒާގައި ވެރިކަން ކުރާ ހަމާސްއިން އަލް އަގްސާ މިސްކިތް މިނިވަން ކުރުމަށް، އިޒްރޭލުން ކޮންޓްރޯލް ކުރާ ފަލަސްތީނުގެ ބިމުގެ ސަރަހައްދަށް ގޮސް ހަމަލާ ދޭން ފެށުމުންނެވެ.

ރައްދުގައި އިޒްރޭލުން ވަނީ އާދައިގެ މަތިން ގާޒާއަށް ދޭ ވައިގެ ހަމަލާތައް ފަށައިފަ އެވެ. އެކަމަކު މި ފަހަރުގެ ހަމަލާތައް އެހެން ފަހަރުތަކަށް ވުރެ އިތުރުކޮށް ވަރުގަދަ ކުރި އެވެ.

ރިޕޯޓުތައް ބުނާ ގޮތުން އިޒްރޭލް ސިފައިން ތައްޔާރު ވަނީ ގާޒާ ތެރެއަށް ވަދެ ހަމަލާ ދިނުމަށެވެ.