Advertisement

ޔާމީނުގެ ފޮޓޯފުޅު ބިންމައްޗަށް ވައްޓާލި މައްސަލަ އެބަ ބަލަން؛ ސިޓީ ކައުންސިލް

9 އޮކްޓޯބަރު 2023 - 14:03 6

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ޔާމީނުގެ ފޮޓޯޖެހި ޕޯސްޓަރު ވައްޓާލި މަންޒަރު ފެންނަ ވީޑިއޯގެ ސްކްރީންޝޮޓެއް


ޔާމީނުގެ ފޮޓޯފުޅު ބިންމައްޗަށް ވައްޓާލި މައްސަލަ އެބަ ބަލަން؛ ސިޓީ ކައުންސިލް

9 އޮކްޓޯބަރު 2023 - 14:03 6

ސިޓީ ކައުންސިލު މުވައްޒަފުންތަކެއް މަސައްކަތުގެ ތެރެއިން ޕީޕީއެމް/ޕީއެންސީގެ ލީޑަރު ރައީސް އަބްދުﷲ ޔާމީނުގެ ފޮޓޯ ޖެހި ބިލްބޯޑެއް މަގުމައްޗަށް ވައްޓާލި މައްސަލަ ބަލަަމުން އަންނަ ކަމަށް މޭޔަރުކަމުގެ ޒިންމާ އަދާކުރައްވަމުން ގެންދަވާ އަހުމަދު ނަރީޝް ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބާ ދިމާކޮށް މާލޭގެ މަގުތަކުގައި ދެމި ދިދަފަތިތަކާއި ކެމްޕޭން ޕޯސްޓަރުތައް ނެގުމުގެ މަސައްކަތުގެ ތެރެއިން، އާޓިފިޝަލް ބީޗު ސަރަހައްދުގައި ޖަހާފައިވާ ރައީސް ޔާމީނުގެ ފޮޓޯޖެހި ބިލްބޯޑު މަގުމައްޗަށް ވައްޓާލި މައްސަލާގައި އެމަނިކުފާނަށް ތާއީދުކުރާ ގިނަ ބަޔަކު ފާޑު ކިޔާފައި ވެ އެވެ.

މި މައްސަލައާ ގުޅިގެން ނަރީޝް "އަދަދު"އަށް ވިދާޅުވީ، އެކަން ހިނގި ގޮތް ސިޓީ ކައުންސިލުން ބަލަމުން އަންނަ ކަމަށެވެ.

ސިޓީ ކައުންސިލުގެ މުވައްޒަފުތަކެއް ނިކުމެ ރައީސް ޔާމީނުގެ ޕޯސްޓަރު ވައްޓާލި މައްސަލަ ފެންމަތިވެފައިވާއިރު، މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އިންތިހާބުވީ ފަހުން ހ. ދޫވެހީގެ ކުޑަދޮރު ދޮށުގައި ހުންނަވައިގެން ސަޕޯޓަރުންނާ މުހާތަބުކުރެއްވި އިރު ހިތްހަމަނުޖެހުންތަކެއް ހުރިކަން ފާހަގަކުރެއްވި އެެވެ.

ޕީޕީއެމްގެ ރައީސްގެ ގޮތުގައި ވެސް ހުންނެވި ޔާމީން ބުދަ ދުވަހުގެ ރޭ ސަޕޯޓަރުންނާ މުހާތަބު ކުރައްވައި ވިދާޅުވީ އެ މަނިކުފާނު މިނިވަންކުރަން އެންމެ ބޮޑަށް މަސައްކަތް ކުރީ އާދައިގެ ރައްޔިތުން ކަމަށާއި ސަރުކާރު ބަދަލުކޮށް، ޕީޕީއެމް/ޕީއެންސީ އަށް ވެރިކަން ލިބުނީ އެ މަނިކުފާނާއި މެންބަރުން ކުރި ބުރަ މަސައްކަތުން ކަމަށެވެ.

"އިންސާނީ ތޮބީއަތުގައި ދެރަ ކަމަކަށް މި ވަނީ މަގާމުތަކަށް އައިމަ ހަނދާން ނެތޭތީ،" ވަކި ބޭފުޅެއްގެ ނަން ފާހަގަ ނުކުރައްވައި ޔާމީން ވިދާޅުވި އެވެ. ނަމަވެސް ބެލެވޭ ގޮތުގައި އެ މަނިކުފާނު އެ ވާހަކަފުޅު ނިސްބަތް ކުރެއްވީ އިންތިހާބީ ސަރުކާރުގެ އިސް ވެރިންނަށެވެ.