Advertisement

ރޭޕުގެ ޝިކާރައަކަށްވި ކުޑަކުއްޖަކު ބަލިވެ އިން މައްސަލައެއް ފުލުހުން ތަހުގީގު ކުރަނީ

8 އޮކްޓޯބަރު 2023 - 21:29 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ރޭޕް ކުރުމާ ދެކޮޅަށް މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާއެއްގެ ތެރެއިން -- ފޮޓޯ: އަދަދު


ރޭޕުގެ ޝިކާރައަކަށްވި ކުޑަކުއްޖަކު ބަލިވެ އިން މައްސަލައެއް ފުލުހުން ތަހުގީގު ކުރަނީ

8 އޮކްޓޯބަރު 2023 - 21:29 1

ހުވަދޫއިން ދެކުނުގެ އަތޮޅެއްގައި ރޭޕުގެ ޝިކާރައަކަށްވި ކުޑަކުއްޖަކު ބަލިވެ އިން މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ބުނީ ހުވަދު އޮަތޮޅުން ދެކުނުގެ ރަށެއްގައި 18 އަހަރު ނުފުރޭ ކުއްޖަކު ބަލިވެ އިން މައްސަލައެއް މިދިޔަ ހުކުރު ދުވަހު އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ.

"ސައުތު ޕޮލިސް ރީޖަންގެ ރަށެއްގައި 18 އަހަރުން ދަށުގެ ކުއްޖަކު ބަލިވެ އިން މައްސަލައެއް އޮކްޓޫބަރު 6، ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓު ކޮށްފައިވޭ، މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން،" ފުލުުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވި އެވެ.

އެ މައްސަލައަކީ ކުޑަކުއްޖަކާ ގުޅުންހުރި މައްސަލައަކަށްވެފައި ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވާތީ އެކަމާ ގުޅޭގޮތުން އިތުރު މައުލޫމާތެއް ފުލުހުން ދީފައެއް ނުވެ އެވެ.

ކުޑަކުދިންގެ އިތުރުން އަންހެނުންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތަކަކީ ރާއްޖޭގައި ހިނގާ މިންވަރަށް ބަލާއިރު ރިޕޯޓު ކުރުން މަދު ކުށްތަކެކެވެ. އެފަދަ މައްސަލަތައް ވީހާވެސް އަވަހަކަށް ރިޕޯޓު ކުރުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސް ކުރެ އެވެ.

މި އަހަރުގެ މިހައިތަނަށް ފުލުހުންގެ މުއައްސަސާއަށް ޖިންސީ ގޯނާގެ ހުށަހަޅާފައި ވަނީ 220 މައްސަލަަ އެވެ.