Advertisement

ބާ ސެޓަލައިޓެއްގެ މައްސަލާގައި ފުރަތަމަ ފަހަރަށް ކުންފުންޏެއް ޖޫރިމަނާކޮށްފި

5 އޮކްޓޯބަރު 2023 - 07:21 0

ރައްޔާން މުހައްމަދު

ރައްޔާން މުހައްމަދު

ފޮޓޯ: ނާސާ


ބާ ސެޓަލައިޓެއްގެ މައްސަލާގައި ފުރަތަމަ ފަހަރަށް ކުންފުންޏެއް ޖޫރިމަނާކޮށްފި

5 އޮކްޓޯބަރު 2023 - 07:21 0

ދުނިޔޭގެ ވަށައިގެންވާ ޖައްވުގައި ދައުރުވާ ބާ ސެޓަލައިޓެއްގެ މައްސަލާގައި ފުރަތަމަ ފަހަރަށް ކުންފުންޏެއް ޖޫރިމަނާކޮށްފި އެވެ.

އެމެރިކާގެ ފެޑެރަލް ކޮމިއުނިކޭޝަންސް ކޮމިޝަން (އެފްސީސީ) އިން މި މައްސަލާގައި ޖޫރިމަނާކޮށްފައިވަނީ ޑިޝް ނެޓްވޯކް ކުންފުންޏެވެ. 150،000 ޑޮލަރުން ޑިޝް ޖޫރިމަނާކޮށްފައިވަނީ އެކުންފުނީގެ ބާވެ ބޭނުންނުކުރާ ސެޓަލައިޓެއް، ދުނިޔެއާ ދުރަށް ޖައްސާފާނުވާތީ އެވެ.

މި މައްސަލާގައި ޑިޝް އިން ވަނީ އެކުންފުނީގެ އެކޯސްޓާ-7 ސެޓަލައިޓްގެ ޒިންމާ ނަގާ ކަމަށް ބުނެފަ އެވެ. އަދި އެފްސީސީގެ އަމުރަށް ތަބާވާނެ ކަމަށް ވެސް އެކުންފުނިން ވަނީ ބުނެފަ އެވެ.

އެކި ޓެކްނޮލޮޖީގެ ބާވެ ބޭނުންނުކުރާ އެތައް ބައިތަކެއް ދުނިޔޭގެ ވަށައިގެން ދައުރު ވަމުންދެ އެވެ. މީގެ ތެރޭގައި ސެޓަލައިޓްތަކާއި ޖައްވީ އުޅަނދުތަކުގެ ބައިތައް ހިމެނެ އެވެ. އަދި މިފަދަ ތަކެތި، ބޭނުންކުރަމުންދާ ތަކެއްޗާ ޖެހި އެކްސިޑެންޓެވުމުގެ ބިރު އޮވެ އެވެ.

އެފްސީސީ އިން ބުނެފައިވަނީ ޑިޝްގެ ސެޓެލައިޓް މިވަގުތު އިން އަލްޓިޓިއުޑް ގެ ސަބަބުން އެހެން ތަކެތީގަ ޖެހުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.

ޑިޝްގެ އެކޯސްޓާ-7 ލޯންޗްކޮށްފައިވަނީ 2002 ގަ އެވެ. އޭރު ސެޓަލައިޓް ހުރީ ދުނިޔެއާ 22،000 މޭލު ދުރުގަ އެވެ. ސެޓަލައިޓްގެ ބޭނުން ކެނޑުމަށް ފަހު ޑިޝްއިންވަނީ އިތުރު 186 މޭލެ ދުރަށް ސެޓަލެއިޓް ޖެއްސުމަށް މަސައްކަތްކޮށްފަ އެވެ. ނަމަވެސް ހަކަތަ ހުސްވުމުގެ ސަބަބުން އެކަން ކުރެވޭގޮތް ވަނީ ނުވެފަ އެވެ.

1957 ގައި ލޯންޗް ކުރި ފުރަތަމަ ސެޓަލައިޓަށް ފަހު 10،000 އަށް ވުރެ ގިނަ ސެޓަލައިޓް ވަނީ ލޯންޗްކޮށްފަ އެވެ. ނަމަވެސް މީގެ ތެރެއިން ދެބައިކުޅަ އެއްބައި މިހާރު ބޭނުމެއް ނުކުރެ އެވެ.