Advertisement

ރައީސަށް ޅަވިޔަނި އަތޮޅުގެ މެޖޯރިޓީ ވެސް ގެއްލިއްޖެ

30 ސެޕްޓެންބަރު 2023 - 21:12 3

ނިމާ ހަސަން

ނިމާ ހަސަން

ރައީސް ސޯލިހު ކެމްޕޭނުގައި ހިންނަވަރަށް ވަޑައިގެންނެވުމުން މަރުހަބާ ކިޔަން ނިކުމެ ތިބި މީހުން -- ފޮޓޯ: އިޔާން/ އަދަދު


ރައީސަށް ޅަވިޔަނި އަތޮޅުގެ މެޖޯރިޓީ ވެސް ގެއްލިއްޖެ

30 ސެޕްޓެންބަރު 2023 - 21:12 3

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް, އެމަނިކުފާނުގެ އުފަން އަތޮޅު ކަމަށްވާ ޅަވިޔަނި އަތޮޅުގެ މެޖޯރިޓީ ވެސް ގެއްލިއްޖެ އެވެ.

މިއަދު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް ސޯލިހަށް ޅަވިޔަނި އަތޮޅު ގެއްލުނީ އެ އަތޮޅުގައި އެންމެ އާބާދީ ބޮޑު ރަށް ކަމަށްވާ ނައިފަރުގެ ހުރިހާ ވޯޓު ފޮއްޓެއްގެ އިތުރުން ޅ. ކުރެންދޫ ފޮއްޓަކުން އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކުރި ހޯއްދެވުމުންނެވެ.

ޅަވިޔަނި އަތޮޅުގެ ޖުމްލަ 17 ފޮށި މާލެއާއި, އެ އަތޮޅުގެ ހަތަރު ރަށުގައި ބަހައްޓާފައިވާއިރު, ޑރ. މުއިއްޒު ކުރި ހޯއްދެވީ އޭގެ ތެރެއިން ހަތް ފޮށިންނެވެ. އަދި ރައީސް ސޯލިހު ވަނީ 10 ފޮށިން ކުރި ހޯއްދަވާފަ އެވެ.

ޅަވިޔަނި އަތޮޅު ޑރ.މުއިއްޒުއަށް އެނބުރުނު ފޮއްޓަކީ ކުރެންދޫގައި ބެހެއްޓި އެއް ނަންބަރު ފޮއްޓެވެ.

ޑރ. މުއިއްޒު, ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ޅ. ނައިފަރަށް ވަޑައިގަންނަވަނީ; އޭނާ ވަނީ މި އިންތިހާބުގައި ޅަވިޔަނި އަތޮޅުގެ ,މެޖޯރިޓީ ވެސް ހޯއްދަވާފައި -- ފޮޓޯ: އިޔާން/ އަދަދު


އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް ޑރ. މުއިއްޒު ވަނީ ނައިފަރުގައި ބެހެއްޓި ހުރިހާ ފޮއްޓަކުން ކުރި ހޯއްދަވާފަ އެވެ. އަދި މާލޭގައި ބެހެއްޓި އެ އަތޮޅު ހަތަރު ފޮށީގެ ތެރެއިން އެއް ފޮށިން ކުރި ހޯއްދަވާފަ އެވެ. އޭގެ އިތުރަށް ދެވަނަ ބުރުގައި މުއިއްޒު ވަނީ ކުރެންދޫގައި ބެހެއްޓި ދެ ފޮށީގެ ތެރެއިން އެއް ފޮށި ކާމިޔާބު ކުރައްވާފަ އެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގައި 3,286 ވޯޓާއެކު ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 46 ޕަސަންޓެވެ. އަދި ޑރ. މުއިއްޒު ވަނީ 3,115 ވޯޓާއެކު 44 ޕަސަންޓު ހޯއްދަވާފަ އެވެ.

ދެވަނަ ބުރުގައި ރައީސް ސޯލިހަށް 3,834 ވޯޓާއެކު 48 ޕަސަންޓު ލިބިވަޑައިގެންނެވިއިރު ޑރ. މުއިއްޒަށް 4,025 ވޯޓާއެކި 50 ޕަސަންޓު ލިބިވަޑައިގެންނެވި އެވެ.