Advertisement

ޓްރީ ޓޮޕުން ހިތުގެ ސްކްރީނިން ޕެކޭޖުތަކަށް 10 ޕަސެންޓުގެ ޑިސްކައުންޓެއް

28 ސެޕްޓެންބަރު 2023 - 13:02 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ޓްރީ ޓޮޕް ހޮސްޕިޓަލް -- ފޮޓޯ: އަދަދު


ޓްރީ ޓޮޕުން ހިތުގެ ސްކްރީނިން ޕެކޭޖުތަކަށް 10 ޕަސެންޓުގެ ޑިސްކައުންޓެއް

28 ސެޕްޓެންބަރު 2023 - 13:02 0

ދުނިޔޭގެ ހިތުގެ ދުވަހުގެ މުނާސަބަތުގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ހިތުގެ ސްކްރީނިން ޕެކޭޖްތަކަށް 10 ޕަސެންޓު ޑިސްކައުންޓެއް ދޭން ނިންމައިފި އެވެ.

ހިތުގެ ސްކްރީން ކުރުމަކީ ކުރިޔާލާ ހިތުގެ ބަލިތަކުން ރައްކާތެރިވުމަށާއި، ބައްޔެއް ހުރިނަމަ އަވަހަށް ފަރުވާ ހޯދުމަށް ފަސޭހަވެގެންދާ ހިދުމަތެކެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން ބުނީ މި ހާއްސަ ޕްރޮމޯޝަން ކުރިއަށްދާނީ މާދަމާ އިން ފެށިގެން އެއް މަސް ދުވަހުގެ މުއްދަތަށް ކަމަށެވެ.

ޓްރީ ޓޮޕްގެ ހިތުގެ ސްކްރީނިން ޕެކޭޖުތައް

ހެލްތީ ހާޓް ޕެކޭޖް

  • މި ޕެކޭޖަކީ 30 އަހަރާއި 60 އަހަރާ ދެމެދުގެ އުމުރުފުރާގެ މީހުންނަށް ހާއްސަ ޕެކޭޖެކެވެ. ހެލްތީ ހާޓް ޕެކޭޖުގައި ހިތުގެ ބަލިތައް ދެނެގަތުމަށް ހެދޭ ޓެސްޓުތަކުގެ ތެރޭގައި ކްލިނިކަލް އެގްޒާމިނޭޝަން؛ މެޑިކަލް ހިސްޓްރީ، އިސްކޮޅާއި ބަރުދަން ބެލުމާއި، ބީއެމްއައި އަދި ބްލަޑް ޕެރެޝަރު ހިމެނެ އެވެ.
  • ޑައިގްނޮސްޓިކްސް ޓެސްޓުތަކުގެ ގޮތުގައި ޗެސްޓް-އްކްސް-ރޭ(1 ވިއު) އެކޯކާޑިއޮގްރާމް، އިލެކްޓްރޮކަރޑިއޮގްރާމް (އީސީޖީ) އަދި ކާޑިއެކް ސްޓްރެސް(ޓީއެމްޓީ) ހިމެނެ އެވެ. އަދި އޯޕީޑީ ކޮންސަލްޓޭޝަން ތެރޭގައި ހިމެނެނީ ކްލިނިކަލް ޑައިޓީޝަނަކަށް ދައްކައި ހާއްސަ ކެއުމުގެ ޕްލޭނެއް ހެދުން އަދި ޓެސްޓްތަކުގެ ނަތީޖާއާއިއެކު ޑޮކްޓަރަށް ދެއްކުން ހިމެނެ އެވެ.
  • މީގެ އިތުރުން މި ޕެކޭޖުގައި 12 ލެބޯޓަރީ އިންވެސްޓިގޭޝަން ހިމެނެ އެވެ. އެއީ ފުލް ބްލަޑް ކައުންޓް، އުރިތުރޮސައިޓް ސެޑިމެންޓޭޝަން ރޭޓް، ގްލައިކޭޓެޑް ހީމޮގޮލޮބިން، ފާސްޓިން ބްލަޑް ގުލަކޯޒް، ޔުރިއާ، ކްރިއެޓައިން، ޔޫރިކް އެސިޑް، ސޯޑިއަމް، ޕޮޓޭސިއަމް، ލިޕިޑް ޕޮރޮފައިލް، ތައިރޮއިޑް ސްޓިމިއުލޭޓިން ހޯމޯން، ހޯމޯސިސްޓީން ހިމެނެ އެވެ.

ސްޓްރޯންގް ހާރޓް ޕެކޭޖް

  • މިއީ 60 އަހަރުން މަތީގެ ބޭފުޅުންނަށް ހާއްސަ ޕެކޭޖެކެވެ. މި ޕެކޭޖުގައި ހިމެނޭ ކްލިނިކަލް އެގްޒާމިނޭޝަންތަކުގައި މެޑިކަލް ހިސްޓަރީ ބެލުމާއި، އިސްކޮޅު އަދި ބަރުދަން ބެލުމާއި، ބޮޑީ މާސް އިންޑެކްސް(ބީއެމްއައި) އަދި ލޭގެ ޕްރެޝަރު ބެލުން ހިމެނެ އެވެ.
  • މި ޕެކޭޖުގެ ޑައިގްނޮސްޓިކް ޓެސްޓުތަކުގެ ތެރޭގައި ޗެސްޓް-އެކްސް-ރޭ(1 ވިއު) އެކޯކާޑިއޮގްރާމް، އިލެކްޓްރޮކަރޑިއޮގްރާމް(އީސީޖީ) އަދި ކާޑިއެކް ސްޓްރެސް (ޓީއެމްޓީ) ހިމެނެ އެވެ. އަދި އޯޕީޑީ ކޮންސަލްޓޭޝަން ތެރޭގައި ހިމެނެނީ ކްލިނިކަލް ޑައިޓީޝަނަކަށް ދައްކައި ހާއްސަ ކެއުމުގެ ޕްލޭނެއް ހެދުމާއި، ޓެސްޓްތަކުގެ ނަތީޖާއާއިއެކު ޑޮކްޓަރަށް ދެއްކުމެވެ.
  • މީގެއިތުރުން މި ޕެކޭޖުގައި 12 ލެބޯރަޓޮރީ އިންވެސްޓިގޭޝަން ހިމެނެ އެވެ. ފުލް ބްލަޑް ކައުންޓް، އުރިތްރޮސައިޓް ސެޑިމެންޓޭޝަން ރޭޓް، ގްލައިކޭޓެޑް ހީމޮގޮލޮބިން، ފާސްޓިން ބްލަޑް ގުލަކޯޒް، ކްރިއެޓައިން، ޔޫރިކް އެސިޑް، ސޯޑިއަމް، ޕޮޓޭސިއަމް، ލިޕިޑް ޕޮރޮފައިލް، ތައިރޮއިޑް ސްޓިމިއުލޭޓިން ހރމޯން، ސީއާޕީ (ވާރިއޯ) ހިމެނެ އެވެ.

ހެލްތު ސްކްރީނިންގް ޕެކޭޖުތަކުގެ އިތުރު މައުލޫމާތު ޓްރީ ޓޮޕް ހޮސްޕިޓަލުގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ އެއް ހޮސްޕިޓަލެވެ. މިހާރުވެސް އެ ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު އާ ހިދުމަތްތައް ތައާރަފުކުރަމުންނެވެ.

ޓްރީޓޮޕްގެ ހިދުމަތްތަކާއި ގުޅޭ އިތުރު މައުލޫމާތު 3351610 އަށް ގުޅުއްވައިގެން އަދި ހޮސްޕިޓަލަށް މެއިލްކުރުމުން ލިބޭނެ އެވެ.