Advertisement

ސްރީލަންކާގެ އިގުތިސާދީ ކާރިސާއިން އަރައިގަނެވޭނެކަން އަދިވެސް ޔަގީނެއް ނޫން: އައިއެމްއެފް

29 ސެޕްޓެންބަރު 2023 - 07:28 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު


ސްރީލަންކާގެ އިގުތިސާދީ ކާރިސާއިން އަރައިގަނެވޭނެކަން އަދިވެސް ޔަގީނެއް ނޫން: އައިއެމްއެފް

29 ސެޕްޓެންބަރު 2023 - 07:28 0

އިގުތިސާދީ ކާރިސާއެއް ކުރިމަތިވެފައިވާ ސްރީލަންކާއަށް އެކަމުން އަރައިގަނެވޭނެކަން އަދިވެސް ޔަގީން ނުވާ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނެފި އެވެ.

ލަންކާއަށް އެހީވުމަށް އައިއެމްއެފުން ކަނޑައެޅި ޕެކޭޖުގެ ތެރެއިން ފޯރުކޮށްދިން ފުރަތަމަ އިންސްޓޯލްމަންޓް ހޭދަކުރި ގޮތުގެ ރިވިއު އައިއެމްއެފުން ވަނީ ހަދައިފަ އެވެ.

އައިއެމްއެފުން ބުނީ އާމްދަނީ އިތުރުކުރުމަށް ލަންކާއިން ކަނޑައެޅި ޓާގެޓުތައް ހާސިލްވެފައި ނުވާ ކަމަށާއި އެކަމަކު އިންފްލޭޝަން ކޮންޓްރޯލް ކުރަމުންދާ ކަމަށެވެ.

"ހަމައަކަށް އެޅެމުންދާކަމުގެ ބައެއް ނިޝާންތައް ފެނުނު ނަމަވެސް، އިގްތިސާދަށް މިކަމުން އަރައިގަނެވޭނެކަން އަދިވެސް ޔަގީނެއް ނޫން،" އައިއެމްއެފުން ބުންޏެވެ.

ލަންކާއިން ޑޮލަރު ހުސްވެ، ދަރަނި ދެއްކޭނެ ގޮތެއް ނެތި، ޒަރޫރީ ތަކެތި އެތެރެކުރެވޭނެ ގޮތެއް ނެތުމުން، މިދިޔަ އަހަރު އާއްމުން ނިކުމެ ސަރުކާރު ވައްޓާލި އެވެ.

އާ ރައީސް ރަނިލް ވިކްރަމަސިންހަ އެޅުއްވި ފިޔަވަޅުތަކުގެ ތެރޭގައި ޓެކްސް އިތުރުކުރުމާއި، ހަކަތައިގެ ސަބްސިޑީ އުވާލުން ފަދަ ކަންކަން ހިމެނެ އެވެ.

އެހެން ނަމަވެސް އުއްމީދު ކުރި ވަރަށް އާމްދަނީ އިތުރު ނުކުރެވުނު ކަމަށް އައިއެމްއެފުން ބުންޏެވެ. އެހެންވެ، ދެ ހަފުތާގެ ރިވިއުއަށް ފަހު އައިއެމްއެފުގެ ވަފުދުން ސްރީލަންކާ ދޫކޮށް ދިޔައީ ދެ ވަނަ އިންސްޓޯލްމަންޓުގައި ހިމެނޭ 330 މިލިއަން ޑޮލަރު ދޫކުރާނެކަން އިއުލާން ނުކޮށެވެ.