Advertisement

ތުއްތު ކުދިންގެ ސިއްހަތު ތަރުބިއްޔަތު ކުރާނެ ގޮތުގެ ފުރަތަމަ ޕްރޮގްރާމް ޓްރީ ޓޮޕުން ނިންމާލައިފި

25 ސެޕްޓެންބަރު 2023 - 08:47 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ޓްރީ ޓޮޕްގެ ނާޗާ ޕްރޮގްރާމް -- ފޮޓޯ: ޓްރީ ޓޮޕް ހޮސްޕިޓަލް


ތުއްތު ކުދިންގެ ސިއްހަތު ތަރުބިއްޔަތު ކުރާނެ ގޮތުގެ ފުރަތަމަ ޕްރޮގްރާމް ޓްރީ ޓޮޕުން ނިންމާލައިފި

25 ސެޕްޓެންބަރު 2023 - 08:47 0

ޓްރީ ޓޮޕް ހޮސްޕިޓަލުން ތުއްތު ކުދިންގެ ސިއްހަތު ތަރުބިއްޔަތު ކުރުމާ ގުޅޭ ގޮތުން ކުރިއަށްގެންދާ ނާޗާ ޕްރޮގްރާމުގެ ފުރަތަމަ ޕްރޮގްރާމު ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

ސެޕްޓެމްބަރު 23، ގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި 2023 ޖުމްލަ 34 ފަރާތަކުން ބައިވެރިވި ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެ އެވެ.

ޓްރީ ޓޮޕުން ބުނީ މިފަދަ ނާޗާ ޕްރޮގްރާމެއް ކުރިއަށްގެންދިޔުމުގެ ބޭނުމަކީ ބަލިވެއިނުމާއި ބެލެނިވެރިކަން އަލަށް ތަޖުރިބާ ކުރާ ފަރާތްތަކަށް ބޭނުންވާ އިލްމާއި ސަޕޯޓް ފޯރުކޮށްދީ، މައިންބަފައިންނާއި ތުއްތު ކުދިންނަށް ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކޮށްދިނުން ކަމަށެވެ. އަދި ދަރިމައިވެ އިނުމުގައި ދިމާވާ އެކި އެކި ކަންތައްތައް ހިއްސާކޮށް ސަޕޯޓިވް ކޮމިއުނިޓީއެއް އުފެއްދުމަކީ މި ޕްރޮގްރާމުގެ މަގުސަދުކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.

މި ޕްރޮގްރާމްގައި ފުރިހަމަކޮށްފައިވާ ސެޝަންތަކުގެ ތެރޭގައި ގާތުން ކިރުދިނުމާއި، ވިހެއުމާއި، އަލަށް އުފަންވާ ކުދިންނާއި މައިންނަށް ހަމުގެ ފަރުވާ އާއި، ވިހެއުމުގެ ކުރިން ކަސްރަތުކުރުމާއި، ރިހުން މެނޭޖްކުރުން ހިމެނެ އެވެ.

މި ހުރިހާ ސެޝަންތަކެއް ވެސް ކުރިއަށް ގެންގޮސްފައިވަނީ ޓްރީޓޮޕް ހޮސްޕިޓަލުގެ އޮބްސްޓެޓްރިކްސް އެންޑް ގައިނެކޮލޮޖީ، ނިއޯނެޓޮލޮޖީ، ޑާމަޓޮލޮޖީ، ފިޒިއޮތެރަޕީ، އަދި ނާސިންގެ ތަޖުރިބާކާރު މެޑިކަލް އެކްސްޕާޓުންނެވެ.

މި ޕްރޮގްރާމް ކޮންމެ މަހަކު ބޭއްވުމަށް ހަމަޖެހިފައިވާއިރު، ބައިވެރިވާން ބޭނުންވާ ހުރިހާ ފަރާތްތަކަށް ޓްރީ ޓޮޕް ހޮސްޕިޓަލްގެ 24/7 ކޮންޓެކްޓް ސެންޓަރު 3351610 އަށް ގުޅައިގެން، ނުވަތަ މި ލިންކް ބޭނުންކޮށްގެން ރަޖިސްޓާ ކުރެވޭނެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްއަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ އެއް ހޮސްޕިޓަލެވެ. އެގޮތުން މިހާރުވެސް އެ ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު އާ ހިދުމަތްތައް ތައާރަފުކުރަމުންނެވެ.