Advertisement

ދުވަސްވީ މީހުންގެ އިނާޔަތް ބޮޑުކުރަން ބަޖެޓަށް ހުށަހަޅަނީ

24 ސެޕްޓެންބަރު 2023 - 15:06 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

އުމުރުން ދުވަސްވީ ބައެއް؛ ރައީސް އޮފީހުން މިއަދު ބުނީ އުމުރުން ދުވަސްވީ މީހުންގެ އިނާޔަތް ބޮޑުކުރަން ނޮވެމްބަރު މަހު ހުށަހަޅާ ބަޖެޓުގައި ހިމަނައި ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެންނާނެ ކަމަށް -- ފޮޓޯ: ޝާބިން/އަދަދު


ދުވަސްވީ މީހުންގެ އިނާޔަތް ބޮޑުކުރަން ބަޖެޓަށް ހުށަހަޅަނީ

24 ސެޕްޓެންބަރު 2023 - 15:06 0

އުމުރުން ދުވަސްވީ މީހުންގެ އިނާޔަތް 7000ރ. އަށް ބޮޑުކުރުމަށް ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ނޮވެމްބަރު މަހު ހުށަހަޅާ ބަޖެޓުގައި ހިމަނާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ވިދާޅުވީ 7000ރ. އަށް އުމުރުން ދުވަސްވީ މީހުންގެ އިނާޔަތް ބޮޑުކުރުމަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމާއި، ނޮވެމްބަރު މަހު ހުށަހަޅާ ބަޖެޓުގައި ހިމެނުމަށް ނިންމާފައިވާ ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާލޭގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި އެމަނިކުފާނު ވަނީ އުމުރުން ދުވަސްވީ މީހުންނަށް ދެމުން އަންނަ 5000ރ. ގެ އިނާޔަތް 7000ރ. އަށް ބޮޑަކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އުމުރުން ދުވަސްވީ މީހުންނަށް މިހާރު ދެމުން އަންނަ 5000ރ. ގެ އެލަވަންސް މުތާލިއާ ކުރައްވަމުން އަންނަ ކަމަށާއި އެ އެލަވަންސަށް ހެޔޮ ބަދަލެއް ގެންނަވާނެ ކަމަށް ރައީސް އެންމެ ފުރަތަމަަ ވިދާޅުވީ މިދިޔަ ޖޫން މަހުގެ ތެރޭގައި އައްޑުއަށް ކުރެއްވި ދަތުރުފުޅުގަ އެވެ.

އުމުރުން ދުވަސްވީ މީހުންނަށް އިނާތެއް ދޭން ފުރަތަމަ ފެށީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. އޭރު ދިނީ 2،000ރ. އެވެ. އޭގެ ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އެ އިނާޔަތް 5،000ރ. ބޮޑުކުރި އެވެ.