17 ސެޕްޓެންބަރު 2023 - 17:16 1
މުހައްމަދު ޝަހްޒާން
17 ސެޕްޓެންބަރު 2023 - 17:16 1
މިމަހު 30 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭނަށް މިއަދު ހުޅުމާލެއަށް ވަޑައިގެން ދޮރުންދޮރަށް ހިންގަވަމުން ގެންދަވަނިކޮށް މަގުމަތިން ދެ މީހަކު ދިމާކޮށް ފުރައްސާރަ ކުރުމުން ވީ ފައިދާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަޒުނާ އަހުމަދު ވިދާޅުވެއްޖެ އެވެ.
މީސްމީޑިއާގައި ފަޒުނާ ލިޔުއްވި މެސެޖެއްގައި ވިދާޅުވީ ދޮރުން ދޮރަށް ހިންގެވުމަށް ހުޅުމާލެއަށް މިއަދު ވަޑައިގަތުމުން އިދިކޮޅު ޕީޕީއެމް/ޕީއެންސީއަށް ތާއީދު ކުރާ ދެ ފިރިހެނުން އެކަމަނާ ފަހަތުން ފުރައްސާރަ ކުރަމުން ހިނގި ކަމަށާއި އެ ހުތުރު އަމަލުގެ ސަބަބުން ކެމްޕޭނަށް ވީ ފައިދާ ކަމަށެވެ.
"މި ހުތުރު އަމަލުގެ ސަބަބުން އަޅުގަނޑުމެނަށް ވީ ފައިދާއެވެ. މީހުން އައިސް ސަލާންކޮށް ގައިގަ ފިރުމާ އަޅުގަނޑާ އެކު ފޮޓޯނަގަން އެދުނީ އެވެ. ނުވިތާކަށް އަޅުގަނޑު ދާން ޝެޑިއުލްކޮށްފައި ނުވާ ފްލެޓްތަކުން ވެސް ދައުވަތު ލިބުނީ އެވެ،" އެ ސަރަހައްދުގައި އުޅޭ ގިނަ ބަޔަކަށް އެކަމަނާ އެ ސަރަހައްދުގައި އުޅުއްވާކަން އަންގައިދިނީ އެ ދެ މީހުން ކަން ފާހަގަ ކުރައްވައި އެ މެސެޖުގައި ލިޔުއްވާފައިވެ އެވެ.
ފަޒުނާ ވިދާޅުވީ މީގެ ކުރިން ވެސް މަގުމައްޗަށް ނުކުންނަވައި އުޅުއްވާ ކަމަށާއި ރައްޔިތުން އެކަމަނާއަށް ފުރައްސާރަ ނުކުރާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އިދިކޮޅު ކެންޑިޑޭޓަށް އެވަގުތު އެތަނުގައި ހުރެ، ހުޅުމާލެ ދާއިރާގެ މެމްބަރު، އަލީ ނިޔާޒު ފޯނުން ގުޅުއްވުމުން ވެސް ޖަވާބެއް ނުދެއްވި ކަމަށް ފަޒުނާ ވިދާޅުވެފައިވެ އެވެ.
ހިޔާ ފްލެޓަށް އަދި ޒިޔާރަތް ކުރައްވާނެ ކަމުގެ ޔަގީންކަން ފަޒުނާ ދެއްވި އެވެ.
ރައީސް، އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭނަށް މިއަދު ހިޔާ ސަރަހައްދަށް ފަޒުނާ ވަޑައިގަތުމުން އެ ސަރަހައްދުގައި ދިރިއުޅޭ އާންމުންގެ ތެރެއިން ބަޔަކު ވަނީ ނުކުމެ އަޑުގަދަކޮށް އެވެ. އެތަނުގައި ހަމަނުޖެހުން ހިންގައި އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. ނަމަވެސް އެމީހާ މިހާރު ވަނީ ދޫކޮށްލައިފައި ކަމަށް ފުލުހުން މައުލޫމާތު ދެ އެވެ.
25.00%
0.00%
0.00%
75.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
މޫސަލް
over 1 year ago
އެންމެ ފުރަތަމަ ފަސްޓް ލޭޑީންނާ ފޮށި ފުރައްސާރަކޮށް ހެދީ އެމްޑީޕީންނެވެ. އަދި ފުޅާ ދައިރާއެއް ގައި އެކަން ދިވެހީންނަށް ދަސްކޮށްދިނީ އެމްޑީޕީންނެވެ. ކަދުރު ފާތުމާއޭ އަނެއް ފާތުމާއެކޭ ވަގު ފާތުމާއޭ ކިޔައިގެން ރ. ޔާމީންގެ އަނބިކަނބަލުންނާ އެމްޑީޕީން ފޮށި ފުރައްސާރަކުރިވަރަކަށް އެހެން މީހަކާ ފޮށިފައެއް ނެތް. އެދުވަހު އެކަން ގޯސް ކަމަކަށް ނުވެފަ މިއަދު ތިޔަ ކަން ގޯސްވާންވީ ކީއްވެ.
Comment