Advertisement

ފަޒްނާ ހިޔާ ފްލެޓުތަކަށް ވަޑައިގަތުމުން މުޒާހަރާކޮށް، އަޑުއުފުލައިފި

17 ސެޕްޓެންބަރު 2023 - 14:42 4

މުހައްމަދު ޝަހްޒާން

މ

Advertisement


ފަޒްނާ ހިޔާ ފްލެޓުތަކަށް ވަޑައިގަތުމުން މުޒާހަރާކޮށް، އަޑުއުފުލައިފި

17 ސެޕްޓެންބަރު 2023 - 14:42 4

Advertisement

Advertisement

ރައީސުލްޖުމްހޫރިއްޔާގެ އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން، ފަޒްނާ އަހުމަދު މިއަދު ހިޔާ ޓަވަރުތަކަށް ދޮރުން ދޮރަށް ހިންގެވުމަށް ވަޑައިގަތުމުން ބަޔަކު އެކަމަނާއާ ދެކޮޅަށް އަޑު އުފުލައި، މުޒާހަރާކޮށްފި އެވެ.

ސޯޝަލް މީޑިއާގައި އެ މަންޒަރުތައް ފެންނަ ވީޑިއޯތައް މިހާރު ވަނީ އާންމުވެފަ އެވެ. އެ ވީޑިއޯތަކުން ފެންނަ ގޮތުގައި ފަޒްނާ އެ ސަރަހައްދުގައި އުޅުއްވި ވަގުތު، ބަޔަކު ވަނީ އެކަމަނާއާ ދެކޮޅަށް އަޑު އުފުލައި، ހަޑިހުތުރު ބަސް ގޮވައިފަ އެވެ.

Advertisement

ހިޔާ ސަރަހައްދުން ފުލުހުން ވަނީ މިއަދު މީހަކު ވެސް ހައްޔަރުކޮށްފަ އެވެ. އޭނާ ހައްޔަރު ކުރީ އެތަނުގައި ހަމަނުޖެހުން ހިންގައިގެން ކަމަށް ފުލުހުން ބުނެ އެވެ.

ހިޔާ ޓަވަރުތަކަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެޅި އިމާރާތްތަކެކެވެ. ހިޔާގެ 16 ޓަވަރު ހެދިއިރު، ކޮންމެ ޓަވަރެއްގައި 25 ބުރި ހުރެ އެވެ.

ސެޕްޓެމްބަރު 9، ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް ސޯލިހަށް ލިބިވަޑައިގަތީ ވޯޓުލީ އާބާދީގެ 39 ޕަސެންޓެވެ. އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް 46 ޕަސެންޓު ވޯޓު ލިބިވަޑައިގަތެވެ.

Advertisement

އެ ދެ ކެންޑިޑޭޓުންނާއެކު އިތުރު ހަ ބޭފުޅަކު އިންތިހާބުގައި ވާދަ ކުރިއިރު ތިން ވަނައަށް އެންމެ ގިނަ ވޯޓު ލިބުނީ ދަ ޑިމޮކްރެޓްސްގެ އިލްޔާސް ލަބީބަށެވެ. އެކަމަކު އޭނާއަށް ހޯދުނީ އެންމެ ހަތް ޕަސެންޓު ވޯޓެވެ.

Advertisement

0.00%

16.67%

66.67%

16.67%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

ރެއްކަބޭ

over 1 year ago

ކޮތަރު ކޮށްޓަކަށް ވަދެވިގެން އެތިބީ ވަރަށް ބޮޑާވެފައި މާމޮޅުތަނެއްކަމަށް ދެެކިގެން.

ސުމުދު

over 1 year ago

ހަޔާތްކުޑަ ދިވެހިންތަކެށް

ސަނީފު

over 1 year ago

ތިއީ މައްސަލައެއް ނޫން. އެމްޑީޕީން ވަރަށް ރަނގަޅަށް ދިވެހީންނަށް ދަސްކޮށްދީފައިވާ ކަމެއް ތިއީ. ހަތަރު އަހަރު ވަންދެން މެދުނުކެނޑި ކަދުރު ފާތުމާއޭ ވަގު ފާތުމާއޭ ގޮވާ ނަގަމުން ދިޔައިރު މައްސަލައަކަށް ނުވެފަ މިހާރު ތިޔަކަން މައްސަލައަކަށް ވާންޖެހޭ ސަބަބެއް ނެތް.

ޢަލީ

over 1 year ago

ތިތާ ގިނަވާނީ ހިޔާކުލިވެސް ނުދައްކާ އުޅޭ މީހުން. ޙަޔާތުގެ ކަމެއްވެސް ނެތް. އުފެދުމުގާވެސް ބާތިލު ޕީޕީއެމް