Advertisement

މާފަރު ޕޮލިސް ސްޓޭޝަނުން މަސްތުވާތަކެތި ވަގަށްނަގައިފި، މައްސަލަ ބަލަނީ

14 ސެޕްޓެންބަރު 2023 - 11:36 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ފުލުހުން މީގެ ކުރިން އަތުލައިގަތް މަސްތުވާތަކެތި -- ފޮޓޯ: ފުލުހުން


މާފަރު ޕޮލިސް ސްޓޭޝަނުން މަސްތުވާތަކެތި ވަގަށްނަގައިފި، މައްސަލަ ބަލަނީ

14 ސެޕްޓެންބަރު 2023 - 11:36 0

ނ. މާފަރު ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި މަސްތުވާތަކެތި ވަގަށް ނެގި މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި މާފަރު ޕޮލިސް ސްޓޭޝަނުން އެތަކެތި ވަގަށް ނެގީ އޮގަސްޓް 13، ގަ އެެވެ.

ފުލުހުން ބުނީ ވަގަށް ނެގި ތަކެތީގެ ތެރޭގައި މަސްތުވާތަކެތި އަދި ބަނގުރާ ފުޅިއެއްގެ އިތުރުން، ޕޮލިސް ސްޓެޝަނުގައި ހުރި ބައެއް އެހެނިހެން ތަކެތިވެސް ހިމެނޭކަމަށެވެ. ނަމަވެސް، ވަގަށް ގެންދިޔަ މަސްތުވާތަކެތީގެ އަދަދު ފުލުހުން ހާމައެއް ނުކުރެ އެވެ.

އިންޓާނަލް މައްސަލައެއް ގޮތަށް ފުލުހުންގެ "ޕްރޮފެޝަނަލް ސްޓެންޑަޑްސް ކޮމާންޑް" އިން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.