Advertisement

ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާ ކާވާ ބީޗް މުބާރާތަށް

12 ސެޕްޓެންބަރު 2023 - 10:42 0

މިދިޔަ އަހަރުގެ ކޮމަންވެލްތު ގޭމްސްގެ މެޗެއްގެ ތެރެއިން އެޑަމް (ވ) އާއި ކުޑަކާއްޓެ (ކ)ގެ ޕެއާ.


ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާ ކާވާ ބީޗް މުބާރާތަށް

12 ސެޕްޓެންބަރު 2023 - 10:42 0

ބަންގްލަދޭޝްގައި ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ބީޗްވޮލީބޯލް ޓުއާގައި ވާދަކުރަން މިދިޔަ އަހަރު އެ މުބާރާތުން ރަން މެޑަލް ހޯދި ރާއްޖޭގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް)ގެ ޕެއާ ތައްޔާރުވެއްޖެ އެވެ.

ކޮކްސް ބަޒާރުގެ ކަލަޓާލީ ސީ ބީޗުގައި ކުރިއަށްދާ މި މުބާރާތުގައި ރާއްޖޭގެ އެއް ވަނަ ޕެއާ، އެޑަމް އާއި ކުޑަކާއްޓެއާ ދެކޮޅަށް ނުކުންނާނީ ސަރަހައްދުގެ ވަރުގަދަ ޓީމުތަކެވެެ. މުބާރާތް ކުރިއަށްދާނީ މި މަހު 13-15 އަށެެވެ. މިދިޔަ އަހަރު ޓީމަށް އިރުޝާދުދިނީ ބްރެޒިލްގެ ކޯޗު ވިނީޝިއުސް މާޓިން އެވެ.

މި ފަހަރުގެ މުބާރާތުގައި ޓީމުގެ ކޯޗުންގެ ގޮތުގައި ހަރަކާތްތެރިވަނީ ޝިއުނާޒް އަބްދުލް ވާހިދު (މަންކޭ) އާއި މުހައްމަދު ރިޝްވާން އެވެ.

މިދިޔަ އަހަރުގެ ކާވާ ބީޗް މުބާރާތުން އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ ރަން މެޑަލް ހޯދީ ކުޅުނު ހުރިހާ މެޗަކުން ވެސް ކާމިޔާބު ހޯދައިގެންނެވެ. އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ އިން ވަނީ އެ މުބާރާތުގައި ކުޅުނު ފަސް މެޗުން ވެސް މޮޅުވެފަ އެވެ. ފުރަތަމަ މެޗުން ފެށިގެން މޮޅު ކުޅުމެއް ދައްކަމުން އައި، އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ އިން ފައިނަލުގައި ވަނީ ނޭޕާލްގެ އެއް ވަނަ ޕެއާ، މަން ބަހާދުރު ޝްރެސްތާ އާއި ދިލް ބާހާދުރު ސުނަރުގެ ޕެއާ، 21-13، 21-19 އިން ބަލިކޮށްފަ އެވެ.

ހާއްސަ އަމާޒެއްގައި ރާއްޖޭން މި އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ބީޗްވޮލީބޯޅަ އިވެންޓުން މެޑަލް ހޯދަން މަސައްކަތް ކުރި ނަމަވެސް، މަޑަަގަސްކަރާގައި މިދިޔަ މަހު 25 އިން މި މަހު ތިން ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދިޔަ އައިއޯއައިޖީގައި ބީޗްވޮލީ އިވެންޓް ނުހިމަނަ އެވެ. އެހެންކަމުން، އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ ކުޅުނީ އިންޑޯ ވޮލީ ޓީމަށެވެ.

ރާއްޖޭގެ ބީޗްވޮލީބޯޅަ ޓީމު މި މަހު ޗައިނާގެ ހަންޒޫގައި ފަށާ އޭޝިއަން ގޭމްސްގައި ވާދަކުރާގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ.