Advertisement

މީޑިއާނެޓް މެދުވެރިކޮށް ރިޔާސީ އިންތިހާބުގެ ހުރިހާ ހަރަކާތްތަކެއް ރާއްޖޭން ބޭރުން ވެސް ބަލާލެވޭނެ!


މީޑިއާނެޓް މެދުވެރިކޮށް ރިޔާސީ އިންތިހާބުގެ ހުރިހާ ހަރަކާތްތަކެއް ރާއްޖޭން ބޭރުން ވެސް ބަލާލެވޭނެ!

8 ސެޕްޓެންބަރު 2023 - 20:00 0

މުހައްމަދު ޖަމްޝަތު ވަހީދު
މަރިޔަމް އަފާ ނިޒާމް

މުހައްމަދު ޖަމްޝަތު ވަހީދު

އަދި

މަރިޔަމް އަފާ ނިޒާމް

މާދާމާ ބާއްވާ ރިޔާސީ އިންތިހާބުގެ ކަވަރޭޖް ރާއްޖެއިން ބޭރުގައި ތިބެގެން ވެސް ފަސޭހައިން ބަލާލެވޭނެ އިންތިޒާމު މީޑިއާނެޓުން ހަމަޖައްސައިފި އެވެ.

މީޑިއާނެޓުން ބުނި ގޮތުގައި ރިޔާސީ އިންތިހާބާއި ގުޅުންހުރި ހަރަކާތްތައް ޖޯޝާއެކު މާލެ އާއި އަތޮޅުތެރޭގައި ކުރިއަށްދާއިރު ވޯޓުލާ ދުވަހާއި ވޯޓު ގުނުމުގެ ކަވަރޭޖް ޓީވީ މެދުވެރިކޮށް ގެނެސްދިނުމަށް ޗެނަލްތަކުން އަންނަނީ ފުރިހަމައަށް ތައްޔާރުވަމުންނެވެ.

ކޮންމެ ވަގުތަކު ކޮންމެ ތާކު ހުރެވެސް މީޑިއާނެޓުގެ މޯބައިލް އެޕްލިކޭޝަން އެމްއެސް ޑިޖިޓަލް މެދުވެރިކޮށް އިންތިހާބާ ގުޅޭ ޕްރޮގްރާމްތައް ފަސޭހައިން ބެލޭނެ ކަމަށާއި ސިޔާސީ ފޯރި ރާއްޖެއިން ބޭރުގައި ވެސް ގަދަވެފައިވާ މިދަނޑިވަޅުގައި ރާއްޖޭން ބޭރުގައި ތިބި ފަރާތްތަކަށް ހާއްސަކޮށްގެން އެމްއެސް ގްލޯބަލް ވެސް މިހާރު ތައާރަފުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެކުންފުނިން ބުނީ އެމްއެސް ގްލޯބަލް އާއެކު މީޑިއާނެޓު ހިދުމަތުގައި ހިމެނޭ ހުރިހާ ދިވެހި ޗެނަލްތައް ރާއްޖެއިން ބޭރުގައި ފަސޭހައިން ބަލާލެވޭނެ ކަމަށެވެ.

އެގޮތުން ސިޔާސީ މަޝްރަހާއި ގުޅުންހުރި ހުރިހާ ހަބަރަކާއި ހަރަކާތްތައް ޓީވީ މެދުވެރިކޮށް ބަލާލުމަށް މީޑިއާނެޓުގެ ލޯކަލް ޕެކޭޖު ނަގާލުމުން ހުރިހާ ދިވެހި ޗެނަލެއް ފެންނާނެއެވެ. އެމްއެސް މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ދިވެހި ޗެނަލްތައް ބަލާލުމަށް އެމްއެސް ސްޓާޓާ ޕެކޭޖު ވައުޗަރެއް ގަނެ ކޯޑު ޖަހާލުމުން ނިމުނީއެވެ.

ރާއްޖެއިން ބޭރުގައި ތިބި ފަރާތްތަކުން ޓީވީ އިން ބަލަން ބޭނުން ނަމަ ނަގަންޖެހޭނީ އެމްއެސް ލައިޓް ގްލޯބަލް ޕެކޭޖެވެ. އަދި ފޯނު މެދުވެރިކޮށް ބަލަން ބޭނުން ނަނަ އެމްއެސް ޑިޖިޓަލް ގްލޯބަލް ޕެކޭޖު ނެގޭނެ އެވެ. މި ޕެކޭޖުތައް ހިޔާރުކުރުމަށް މީޑިއާނެޓުގެ ރަޖިސްޓްރޭޝަން ޕޯޓަލް register.medianet.mv އަށް ޒިޔާރަތްކޮށް ރެޖިސްޓާ ކުރުމަށްފަހު ބޭނުން ޕެކޭޖެއް ނަގާލެވޭނެ އެވެ.

މި ހިދުމަތްތަކުގެ ސަބްސްކްރިޕްޝަން ޕެކޭޖު ނެގުމަށް މީޑިއާނެޓުގެ ކުއިކް ޕޭ ޕޯޓަލް my.medianet.mv އަށް ޒިޔާރަތްކޮށް ފައިސާ ދައްކާލުމުން ޗެނަލްތައް ވަގުތުން ބެލޭނެއެވެ.

މީޑިއާނެޓުން ބުނީ އެކުންފުނީގެ އަމާޒަކީ އިންތިހާބުގެ އެންމެ ފަހުގެ އަޕްޑޭޓްސް ޗެނަލްތައް މެދުވެރިކޮށް ފަސޭހަކަމާއެކު ދިވެހިންނަށް ބެލޭނެ އިންތިޒާމް ހަމަޖެހިގެން ދިއުން ކަމަށެވެ.