7 ސެޕްޓެންބަރު 2023 - 14:11 0
މަރިޔަމް އަފާ ނިޒާމް
7 ސެޕްޓެންބަރު 2023 - 14:11 0
މީޑިއާ ނެޓުގެ އެމްއެސް ވީޑިއޯ ކްލަބަށް ސަބްސްކްރައިބް ކޮށްގެން ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް 10،000ރ. ލިބުމުގެ ހާއްސަ ޕްރޮމޯޝަންގެ މުއްދަތު އިތުރުކޮށްފި އެވެ.
އެއާއެކު މި ޕްރޮމޯޝަން އޮކްޓޫބަރު 10, ވަނަ ދުވަހާ ހަމައަށް ދިގުދެމިގެންދާނެ އެވެ.
އެ ޕްރޮމޯޝަން ހާއްސަކޮށްފައިވަނީ މީޑިއާނެޓުގެ އެމް އެސް ޑިޖިޓަލް ފޯނު އެޕްލިކޭޝަން މެދުވެރިކޮށް ވީޑިއޯކްލަބަށް ސަބްސްކްރައިބްކުރާ ފަރާތްތަކަށެވެ.
ޕްރޮމޯޝަންގެ މުއްދަތު އިތުރުކުރުމަށް ނިންމީ އައު ފިލްމާއި ސީރީޒް ވީޑިއޯ ކްލަބް ލައިބްރަރީއަށް ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ކުރުމަށް ހަމަޖެހިފައިވާތީ ކަމަށް މީޑިއާނެޓުން ބުނެ އެވެ.
މިގޮތުން "މީޑިއާނެޓް އޮރިޖިނަލްސް" ބެނާގެ ދަށުން ރިލީޒްކުރުމަށް ހަމަޖެހިފައިވާ ދިވެހި އަމިއްލަ އުފެއްދުމެއް ކަމުގައިވާ "ގަރީނާ" ފާހަގަކޮށްލެވެ އެވެ.
ވީޑިއޯ ކްލަބުން މިހާރު އަންނަނީ ބޮލީވުޑްގެ ސްޓްރީމިންގް ޕްލެޓްފޯމްތަކުގައި މަޝްހޫރު "ޒީ 5 އޮރިޖިނަލްސް" ގައި ހިމެނޭ ފިލްމާއި ސީރީޒް ވީޑިއޯ ކްލަބް މެދުވެރިކޮށް ދިވެހިންނަށް ފަސޭހަކަމާއެކު ބެލޭނެގޮތް ހަމަޖައްސަމުންނެވެ. މިގޮތުން އިންޑިއާގައި މަގުބޫލު އަދި ކާމިޔާބު ސީރީޒްއެއް ގޮތުގައި ފާހަގަކުރެވުނު "އަބްހޭ" މިހާރު ވެސް ވީޑިއޯ ކްލަބުން ބެލޭނެ ކަން މީޑިއާނެޓުން ފާހަގަކުރެ އެވެ.
މީޑިއާނެޓުން ބުނީ ދިވެހި އަދި ހިންދީ ކޮންޓެންޓްގެ އިތުރުން އިނގިރޭސި އަދި ޓާކިޝް މަގުބޫލު ސީރީޒްތަކާއި ފިލްމުތައްވެސް ވީޑިއޯކްލަބަށް ކުރިއަށް އޮތް ދުވަސްތަކުގައި އިތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ.
ޕްރޮމޯޝަންގައި ބައިވެރިވުމަށް ދެ ގޮތަކަށް ސަބްސްކްރައިބް ކުރެއްވޭނެ ކަމަށް ވީޑިއޯ ކްލަބުން މައުލޫމާތު ދެއެވެ. އެގޮތުން ފޯނަށް އެޕް އެޅުމަށްފަހު އެމްއެސް ކޮމްބޯ ޕެކޭޖު 12 މަހަށް ނެގޭނެ އެވެ. މިއީ ވީޑިއޯ ކްލަބާއެކު މީޑިއާ ނެޓުގެ ޓީވީ ޗެނަލްތައް ބަލާލެވޭނެ ޕެކޭޖެކެވެ. އެ ޕެކޭޖުގެ އަގަކީ 12 މަހަށް 555ރ. އެވެ.
އޭގެ އިތުރުން ހަމައެކަނި ވީޑިއޯ ކްލަބް ބަލާލަން ބޭނުންވާ ފަރާތްތަކަށް ފޯނުން ވީޑިއޯ ކްލަބްގެ ހުރިހާ ކޮންޓެންޓެއް 12 މަހަށް 333ރ. ދައްކައިގެން ބަލާލެވޭނެ އެވެ.
މިއީ އެއްފަހަރުން މިފަދައިން ފައިސާ ދައްކާލައިގެން އެއް އަހަރު ދުވަހަށް ވީޑިއޯ ކްލަބްގެ ހުރިހާ ކޮންޓެންޓްއެއް ބަލާލެވޭނެ ރަނުގެ ފުރުސަތެކެވެ.
މި ޕްރޮމޯޝަންގައި ކުރިން ސަބްސްކަރައިބް ކޮށްފައިވާ ފަރާތްތަކަށް ވެސް 12 މަހަށް ފައިސާ ދައްކައިގެން ވީޑިއޯ ކްލަބް އަދި މީޑިއާނެޓްގެ ޗެނަލްތައް ހަމަ މި އަގުތަކުގައި ބަލައިލެވޭނެ އެވެ. އަދި 12 މަހަށް މި ހިދުމަތުގެ ބޭނުން ވެސް ކުރެވޭނެ އެވެ.
މި ލިންކް މެދުވެރިކޮށް ވީޑިއޯކްލަބަށް ސަބްސްކަރްއިބް ކޮށްލެވޭނެ އެވެ.
Comment