Advertisement

ފިހާރައަކުން ގިނަ އަދަދެއްގެ މުދަލާއި ފައިސާ ވަގަށް ނެގި މީހަކު ޖަލަށް

4 ސެޕްޓެންބަރު 2023 - 16:26 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ކްރިމިނަލް ކޯޓު ހިންގާ އިމާރާތް؛ ހެދުން ވިއްކާ ފިހާރަައަކުން އެކި ތަކެތި ވަގަށް ނެގި މީހަކު ޖަލަށް ލާން ހުކުމްކޮށްފި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ފިހާރައަކުން ގިނަ އަދަދެއްގެ މުދަލާއި ފައިސާ ވަގަށް ނެގި މީހަކު ޖަލަށް

4 ސެޕްޓެންބަރު 2023 - 16:26 0

ޏ. ފުވައްމުލައް ސިޓީގައި ހުންނަ ގައިސް އެންޑް ގާލްސް ނަމަކަށް ކިޔާ ފިހާރައަކުން ގިނަ އަދަދެއްގެ މުދަލާއި ފައިސާ ވަގަށް ނެގި މީހަކު ނުވަ މަސް ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ކްރިމިނަލް ކޯޓުގައި އެ ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓުގައި ބުނާ ގޮތުން، އެ ވައްކަން ހިނގާފައިވަނީ ޖުލައި 27، 2022 ގަ އެވެ. މި މައްސަލާގައި ދައުވާކޮށްފައިވަނީ އެ ރަށު އަލްޓްރާ، އަހުމަދު އިނާން އިބްރާހިމްގެ މައްޗަށެވެ.

އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާގައިވާ ގޮތުން އެ ފިހާރައިން ވަގަށް ނެގި ތަކެތީގެ ތެރޭގައި ކުއިކް ސިލްވާ ބްރޭންޑްގެ ދަބަހަކާއި، ވޮލްކޮމް ބްރޭންޑްގެ ދަބަހަކާއި، ވޮލްކޮމް ބްރޭންޑްގެ ތިން ޓީޝާޓާއި، ރިޕްކާލް ބްރޭންޑްގެ ޓީޝާޓަކާއި، ބިލަބޮންގް ބްރޭންޑްގެ ޓީޝާޓަކާއި، ކަޅު ކުލައިގެ ހޫޑީ ޓީޝާޓެއް ހިމެެނެ އެވެ. މީގެ އިތުރުން ހަތް ބޮކްސާއާއި، ރީފް ބްރޭންޑްގެ ގަމީހަކާއި، ދެ ޖިންސާއި، ރިޕްކާލް ބްރޭންޑްގެ ތިން ބެނިއަންއާއި، ބްރޭންޑް ނޭނގޭ ގަމީހެއްގެ އިތުރުން 850 ރ. ވެސް ހިމެނެ އެވެ. އަދި ކިއުބާނޯ ބްލެކް ފްލޭވާ ފުޅިއަކާއި، ބަނާނާ އައިސް ކްރީމް ފްލޭވާ ފުޅިއެއް ވެސް ވަގަށް ނަގާފައިވާ ކަމަށް ދައުވާގައި ބުނެފައިވެ އެވެ.

ކަންޓޫ ބްރޭންޑްގެ ހެއާ ޖެލް ފުޅިއަކާއި، އެ ބްރޭންޑްގެ ދެ ޝޭމްޕޫއާއި، އެ ބްރޭންޑްގެ ދެ ކޮންޑިޝަނާ ފުޅިއަކާއި، ހަމަ އެ ބްރޭންޑްގެ ބޮޑީކްރީމް ފުޅިއަކާއި، އެ ބްރޭންޑްގެ ހެއާ އެންޑް ސްކްލްޕް ފުޅިއަކާއި، އެ ބްރޭންޑްގެ ބިއާޑް އޮއިލް ފުޅިއެއް ވެސް ވަގަށް ނެގި ތަކެތީގެ ތެރޭގައި ލިސްޓުކޮށްފައިވެ އެވެ.

ދަައުވާ ރައްދުވާ މީހާ ވަނީ ކުށަށް އިއުތިރާފުވެފަ އެވެ. ކުށް ސާބިތުވެފައިވާތީ ކޯޓުން ވަނީ ގާނޫނުގައި ކަނޑައަޅާފައިވާ އަސާސީ އަދަބާ އެއް ވަރަށް، ނުވަ މަހާއި 18 ދުވަަހަށް ޖަލަށް ލުމަށް ހުކުމްކޮށްފަ އެވެ. އޭނާ ބަންދުގައި ހޭދަކޮށްފައިވާ މުއްދަތު އުނިކޮށް ހުކުމުން ދެން ތަންފީޒުކުރަން ޖެހެނީ އަށް މަހާއި 22 ދުވަހެވެ.