Advertisement

ސައުދީ ލީގަށް ނޫނެގޭ ބުނެ ރާމޯސް ސެވިއްޔާ އަށް

4 ސެޕްޓެންބަރު 2023 - 13:06 0


ސައުދީ ލީގަށް ނޫނެގޭ ބުނެ ރާމޯސް ސެވިއްޔާ އަށް

4 ސެޕްޓެންބަރު 2023 - 13:06 0

ސެވިއްޔާ (ސެޕްޓެމްބަރު 4) - ސައުދީ ސުޕަ ލީގުގެ އަލް އިއްތިހާދުން ސޮއިކުރަން މަސައްކަތްކުރި ޑިފެންޑަރު ސާޖިއޯ ރާމޯސް ސްޕެއިންގެ ސެވިއްޔާ އަށް ސޮއިކުރަން ނިންމައިފި އެވެ.

ރާމޯސް 37، އެންމެ ފަހުން ކުޅުނީ ފްރާންސްގެ ޕީއެސްޖީ އަށެވެ. ރެއާލް އިން ހިލޭ ޓްރާންސްފާއެއްގައި 2021 ގައި ޕީއެސްޖީއަށް އޭނާ ސޮއިކުރީ ދެ އަހަރަށެވެ. މިދިޔަ ޖޫން މަހު ޕީއެސްޖީއާ އެކު ހަދާފައިވާ ކޮންޓްރެކްޓު ހަމަވުމާ އެކު އެ ކުލަބުން އޭނާ ދޫކޮށްލި އެވެ.

ރާމޯސް ހޯދުމަށް އެންމެ ބޮޑަށް މަސައްކަތް ކުރީ ސައުދީ ޕްރޯ ލީގުގެ އަލް އިއްތިހާދުންނެވެ. ކުރިން ރާމޯސްއާ އެކު ރެއާލް މެޑްރިޑަށް ކުޅުނު ކަރީމް ބެންޒެމާ ވެސް ކުޅޭ އަލް އިއްތިހާދުން ރާމޯސް އަށް ބޮޑު މުސާރައެއް ހުށަހެޅި ނަމަވެސް އޭނާ ބޭނުންވީ ޔޫރަޕްގައި މަޑުކުރާށެވެ.

އެންމެ ފަހުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ރާމޯސް ވަނީ އޭނާގެ ކުރީގެ ކުލަބު ސެވިއްޔާ އަށް ސޮއިކުރަން ނިންމާފަ އެވެ. މިގޮތުން ސެވިއްޔާއާ އެކު އެއް އަހަރުގެ އެއްބަސްވުމެއްގަައި އޭނާ ސޮއިކުރަން ނިންމާފައިވާކަމަށް ސްޕެއިންގެ ނޫސްތަކުން ރިޕޯޓްކުރެ އެވެ.

އަށާރަ އަހަރަށް ފަހު އެނބުރި ސެވިއްޔާ އަށް ރާމޯސް ބަދަލުވުމުގެ ކަންކަން މިހާރު ކުރިއަށްދާއިރު، ކުލަބުން އަދި މިކަމާ ގުޅޭގޮތުން ރަސްމީ ސިފައެއްގައި އެއްވެސް ވާހަކައެއް ހާމައެއް ނުކުރެ އެވެ.

ރާމޯސް ސީނިއާ ކުލަބު ކެރިއަރު ފެށީ ސެވިއްޔާ އިންނެވެ. އެ ކުލަބުގެ ސީނިއާ ޓީމަށް ދެ އަހަރު ކުޅުމަށް ފަހު ސްޕެއިންގެ ރެއާލް މެޑްރިޑަށް އޭނާ ބަދަލުވީ 2005 ވަނަ އަހަރު އެވެ. ރެއާލްގައި 16 އަހަރު ކުޅުމަށް ފަހު އޭނާ އެކުލަބު ދޫށްލީ 2021ގަ އެވެ.

އާ ސީޒަނަށް ސެވިއްޔާއިން އެ ޓީމް ވަރުގަދަ ކުރުމުގެ ގޮތުން ގެނައި އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިންނަކީ ރެއާލް މެޑްރިޑަށް ކުޅުނު ފޯވާޑް މަރިއާނޯ ޑިއާޒް އާއި ޕްރިމިއާ ލީގުގެ ލެސްޓާ އަށް ކުޅުނު މިޑްފިލްޑަރު ބޫބާކާރީ ސުމާރޭ އެވެ.