2 ސެޕްޓެންބަރު 2023 - 11:24 0
މަރިޔަމް އަފާ ނިޒާމް
2 ސެޕްޓެންބަރު 2023 - 11:24 0
ޕްރީ ސްކޫލް އުމުރުފުރައިގެ ކުދިންނަށް ހާއްސަ ޕްރޮގްރާމްތަކަށް މުޅި ދުނިޔެއިންވެސް އެންމެ މަގްބޫލު އެއް ޗެނަލް ކަމަށްވާ "މޫންބަގް" ވަރަށް އަވަހަށް މީޑިއާނެޓު މެދުވެރިކޮށް ފެންނާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
މިއުޒިކާއި، ކުޅިވަރު އަދި ތައުލީމީ ޕްރޮގްރާމްތަކެއް ގެނެސްދޭ އެ ޗެނަލްގައި ހިމެނޭ ޕްރޮގްރާމްތަކަކީ, ހަމައެކަނި ޓީވީ އިން ބަލައިލުމުގެ އިތުރަށް ކުޑަކުދިން އެ ޕްރޮގްރާމްތަކުގައި ހިމެނޭ ކޮންޓެންޓްގައި ޝާމިލުވާ ގޮތަށް ފަރުމާކޮށްފައިވާ ޕްރޮގްރާމްތަކެކެވެ. މިއީ ޝައުގުވެރި މާހައުލެއްގައި ކުއްޖާގެ ވާހަކަދެއްކުމާއި އިލްމު ކުރިއެރުމަށް ލިބިގެންދާނެ ފުރުސަތަކަށް ވާނެ ކަމުގައި މީޑިއާނެޓުން ބުނެ އެވެ.
"މޫންބަގް" ޗެނަލްގައި ޔޫޓިއުބް ސްޓްރީމިންގް ޕްލެޓްފޯމްގައި ދިވެހި ކުޑަކުދިންގެ މެދުގައި މަގްބޫލު ގިނަ ޝޯތައް ހިމެނެ އެވެ. އޭގެ ތެރޭގައި ތުއްތު ކުދިންގެ މެދުގައި އެންމެ މަގްބޫލު މިއުޒިކަލް ޝޯވް "ކޮކޯ މެލަން"، އިންޓަރެކްޓިވް އެޑިއުކޭޝަނަލް ޝޯވް "ބްލިއްޕީ" އަދި ކުޅިވަރު ކާރޓޫން ޝޯވް "ސުޕަ ސްޓައިކާޒް" ފާހަގަކޮށްލެވެ އެވެ.
އިންޓަނެޓް ބޭނުންކުރާ މިންވަރު މަދުކޮށް، ފޯން ސްކްރީނުން ދުރުވެ، ޓީވީ އިން ބޮޑު ސްކްރީނުގައި މި ޕްރޮގްރާމްތައް ދެން ބަލާލެވޭނެ އެވެ. މި ޕްރޮގްރާމްތަކުގެ އިތުރުންވެސް ޝައުގުވެރި އެތައް ޝޯވްތަކެއް މިޗެނަލުން ކޮންމެ ދުވަހަކުވެސް ދައްކާނެ ކަމުގައި މީޑިއާނެޓުން މައުލޫމާތުދެ އެވެ.
މީޑިއާނެޓުން ދަނީ ހުރިހާ އުމުރަކާ ގުޅޭ ޝޯވްތަކާއި ކޮންޓެންޓް ގެނެސްދިނުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އެންމެ މަގްބޫލު ޗެނަލްތަކާއެކު މަޝްވަރާކޮށް، ދިވެހިންގެ ޓީވީ ސްކްރީންތަކާއި ހިސާބަށް ގެނެސްދިނުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.
ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ "މޫންބަގް" ފަދަ 100 މިލިއަނަށް ވުރެން ގިނަ ޔޫޓިއުބް ސަބްސްކްރައިބާޒް ހިމެނޭ ޗެނަލެއް މީޑިއާނެޓުގެ ހިދުމަތައް އިތުރުކުރެވުމަކީ މީޑިއާނެޓުގެ ހިދުމަތުގެ ކުރިއެރުމަށް އެޅޭ އިތުރު ފިޔަވަޅެއްކަމުގައި އެ ކުންފުނިން ބުނެ އެވެ.
Comment