Advertisement

ބާސެލޯނާ އިން ފޯރިގަދަ މެޗެއްގައި ވިޔަރެއާލް ބަލިކޮށްފި

28 އޮގަސްޓު 2023 - 11:55 0


ބާސެލޯނާ އިން ފޯރިގަދަ މެޗެއްގައި ވިޔަރެއާލް ބަލިކޮށްފި

28 އޮގަސްޓު 2023 - 11:55 0

މެޑްރިޑް (އޮގަސްޓް 28) - ސްޕެނިޝް ލީގުގައި ރޭ ކުޅުނު ފޯރިގަދަ މެޗަކަށް ފަހު، ބާސެލޯނާ އިން 4-3 އިން ވިޔަރެއާލްގެ މައްޗަށް ކުރިހޯދައިފި އެވެ.

ލީގުގެ ފުރަތަމަ ތިން މެޗު ނިމުނުއިރު، ބާސެލޯނާ އަދި ބަލިވެފައިނުވެ އެވެ. ކުޅުނު ތިން މެޗުން މޮޅުވެގެން އެންމެ ފަހުގެ ޗެމްޕިއަން، ރެއާލް މެޑްރިޑް ނުވަ ޕޮއިންޓާ އެކު އެއް ވަނައިގައި އޮތްއިރު، ދެ ވަނައިގައި އޮތް ޖިރޯނާ އާއި ތިން ވަނައިގައި އޮތް ބާސެލޯނާ އަށް ލިބިފައިވަނީ ހަތް ޕޮއިންޓެވެ.

ވިޔަރެއާލް ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 15 މިނިޓް ތެރޭގައި ބާސެލޯނާ އިން ވަނީ ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. ލަނޑުތައް ޖެހީ ގަވީ އާއި ފްރެންކީ ޑި ޔޯން އެވެ. ގަވީ ޖެހި ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ 16 އަހަރުގެ ލަމީން ޔަމާލް އެވެ. އޭނާ އަކީ ސްޕެނިޝް ލީގުގެ މެޗެއްގައި ލަނޑެއް ޖަހަން އެސިސްޓް ކޮށްދިން އެންމެ އުމުރުން ހަގު ކުޅުންތެރިޔާ އެވެ. ޔަމާލްގެ އުމުރަކީ 16 އަހަރާއި 45 ދުވަހެވެ.

އެކަމަކު، ފުރަތަމަ ހާފު ނިމުމުގެ ކުރިން ވިޔަރެއާލުން އެއްވަރުކުރި އެވެ. ލަނޑުތައް ޖެހީ ހުއާން ފޮއިތު އާއި އަލެކްސަންޑާ ސޯލޯތު އެވެ. ވިޔަރެއާލުން ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ފަސް މިނިޓް ތެރޭ ބައޭނާ ޖެހި ގޯލުން ލީޑުނެގި އެވެ.

ބާސެލޯނާ އިން ވަނީ ނަތީޖާ އަނބުރާލައިފަ އެވެ. ބާސެލޯނާ އިން ދެ ގޯލު ޖެހީ ވެސް ހަތަރު މިނިޓް ތެރޭގަ އެވެ. އެ ގޮތުން 68 ވަނަ މިނިޓްގައި ބާސެލޯނާ އިން އެއްވަރުކުރީ ފެރާން ޓޮރޭޒް ޖެހި ގޯލުންނެވެ. އޭގެ ތިން މިނިޓް ފަހުން، ރޮބަޓް ލެވަންޑޯސްކީގެ ގޯލުން ބާސެލޯނާ އިން ލީޑުނަގައި، މެޗުން މޮޅުވީ އެވެ.