ޓޫރިޒަމް މިނިސްޓަރު މައުސޫމް އެމްޑީޕީއަށް ސޮއިކޮށްފި

26 އޮގަސްޓު 2023 - 18:44 1

ސާއިފް ޝިޔާދު

ސ

އެމްޑީޕީއަށް ސޮއިކުރެއްވުމަށް ފަހު މައުސޫމްގެ ފޯމް ރައީސް ސޯލިހުއާ ހަވާލުކުރައްވަނީ. އޭނާ ކުރިން ހުންނެވީ ޖުމްހޫރީ ޕާޓީގައި --- ފޮޓޯ: އެމްޑީޕީ


ޓޫރިޒަމް މިނިސްޓަރު މައުސޫމް އެމްޑީޕީއަށް ސޮއިކޮށްފި

26 އޮގަސްޓު 2023 - 18:44 1

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި މީގެކުރިން ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ސްލޮޓެއްގައި ހުންނެވި ޑރ. އަބްދުالله މައުސޫމް ވެރިކަން ކުރާ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އާ ގުޅިވަޑައިގެންފި އެވެ.

އެ ޕާޓީގެ ރަސްމީ ޓްވިޓާ އެކައުންޓުން ކުރި ޓްވީޓެއްގައި ވަނީ މައުސޫމް އެމްޑީޕީއަށް ސޮއިކުރެއްވުމަށް ފަހު އޭނާގެ މެމްބާޝިޕް ފޯމު ރައީސް ސޯލިހުގެ އަތްޕުޅަށް އަރުވާ ފޮޓޯތަކެއް ހިއްސާކޮށްފަ އެވެ.

އިންތިހާބުގައި ވާދަކުރައްވަން ރައީސް ސޯލިހުއަށް ޓިކެޓު ލިބުމާ އެކު ޑރ. މައުސޫމް ތާއީދު އޮތްކަން ހާމަކުރެއްވި އެވެ. ނަމަވެސް, ޖޭޕީގައި މަޑުކުރެއްވި އެވެ.

އެންމެފަހުން އޭނާ ޖޭޕީން ވަކިވީ ޖޭޕީ ވަކިން ވާދަ ކުރަން ނިންމުމުން ވެސް, ޕާޓީގައި ދެމިހުންނެވީ އެ ޕާޓީން ރައީސް ސޯލިހާ ގުޅޭނެ ކަމުގެ އުންމީދުގައި ހުންނެވުމަށް ފަހު ގާސިމް އިބްރާހިމް ޖޭޮޕީގެ ޓިކެޓުގައި ރިޔާސީ ރޭހަށް ނުކުމެވަޑައިގަތުމާ ގުޅިގެންނެވެ.

ޖުމްހޫރީ ޕާޓީއާ 2014 ވަނަ އަހަރު ގުޅިވަޑައިގެންނެވީއްސުރެ އެޕާޓީގައި ހުންނެވުމަށް ފަހު ޑރ. މައުސޫމް އެ ޕާޓީން ވަކިވެވަޑައިގެންނެވީ އޮގަސްޓު 7, 2023 ގަ އެވެ.

100.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


ސޮހޮލު

over 1 year ago

ޢެކަހަލަ ދެއުޅއެއްނުވާ ސޮހޮލުން އެޕާޓީއައްސޮއިކުރާނީ އަބަދުވެސް އަހަރެން ކުރިންހީކޮއްގެންހުރީ މައުސޫމަކީ ވަރަށްތަންދޮރުދަންނަ ޕީއެޗްޑީ ހޯލްޑަރެއްކަމައް އެހެންނަމަވެސް މިހާރުއެގިއްޖެ އެވެސްލާދީނީފިކުރުގެމީހެއްކަން