Advertisement

މަތީ ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރުންނަށް ހިލޭ ދަތުރު ކުރެވޭ ގޮތް އެމްޓީސީސީން ހަދައިފި

1 ސެޕްޓެންބަރު 2023 - 07:44 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު، އާދަމް އާޒިމް މީޑިއާތަކާ ވާހަކަދައްކަވަނީ -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު


މަތީ ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރުންނަށް ހިލޭ ދަތުރު ކުރެވޭ ގޮތް އެމްޓީސީސީން ހަދައިފި

1 ސެޕްޓެންބަރު 2023 - 07:44 0

ރާއްޖޭގެ އެކި ކަންކޮޅުގައި އެމްޓީސީސީން ދެމުންގެންދާ ބަހުގެ ހިދުމަތާއި ހުޅުމާލެ އަދި ވިލިމާލެ ފެރީގައި މަތީ ތައުލީމު ހާސިލު ކުރަ ދަރިވަރުންނަށް މިއަދުން ފެށިގެން ހިލޭ ދަތުރު ކުރެވޭ ގޮތް އެ ކުންފުނިން ހަދައިފި އެވެ.

އެމްޓީސީސީން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ކޮލެޖުތަކާއި ޔުނިވާސިޓީތަކުގައި ތައުލީމު ހާސިލު ކުރަމުން އަންނަ ދަރިވަރުންނަށް އެ ކޮލެޖުން ނުވަތަ ޔުނިވާސިޓީން ދޫކޮށްފައިވާ ކާޑު ބޭނުންކޮށްގެން އެ ކުންފުނިން ދެމުންދާ އާންމު ދަތުރުފަތުރުގެ ހިދުމަތް ހޯދޭނެ ކަމަށެވެ.

މީގެ ކުރިން އެމްޓީސީސީގެ އާންމު ދަތުރުފަތުރުގެ ހިދުމަތްތައް ހިލޭ ބޭނުން ކުރެވެނީ 65 އަހަރުން މަތީގެ މީހުންނަށާއި ތިން އަހަރުން ދަށުގެ ކުދިންނަށާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ އިތުރުން ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނަށް، ޔުނިފޯމުގައި ތިބޭއިރު އެވެ.

އެ ބަދަލު ގެނައުމުގެ މައިގަނޑު ބޭނުމަކީ ކުރިއަށްއޮތް ޖީލުތަކަށް އިންސާނީ ވަސީލަތް ތަރައްގީކުރުމަށް އަދުގެ ސަރުކާރުން ކުރަމުންގެންދާ މުހިންމު މަސައްކަތައް އެއްބާރުލުން ދިނުން ކަމަށް އެމްޓީސީސީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެމްޓީސީސީއަކީ ރާއްޖޭގައި އާންމު ދަތުރުފަތުރު ކުރުމަށް ހާއްސަ ހަމައެކަނި ކުންފުންޏެވެ. އެ ކުންފުނިން މާލެ ސަރަހައްދުގެ އިތުރުން ލާމު އަތޮޅާއި އައްޑޫ ސިތީގެ އިތުރުން ފުވައްމުލަކު ސިޓީގައި ބަހުގެ ހިދުމަތް ފޯރުކޮށްދެމުންދެ އެވެ. އޭގެއިތުރުން ވިލިމާލެއާއި ހުޅުމާލޭގައި މީހުން ވަޒަންވެރިވެ ދިރިއުޅެން ފެށީއްސުރެ އެތަންތަނަށް ފެރީގެ ހިދުމަތް ދެމުން އަންނަނީ އެމްޓީސީސީންނެވެ.