Advertisement

އެމްޑީޕީން ހުށަހަޅާ އިގުތިސޯދީ ސިޔާސަތު ލޯންޗުކުރަން ތަފާތު އިވެންޓެއް މާދަމާ ރޭ ބާއްވަނީ

23 އޮގަސްޓު 2023 - 20:49 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

އެމްޑީޕީން މީގެ ކުރިން ބޭއްވި ކެމްޕޭން ޖަލްސާއެއްގެ ތެރެއިން؛ އެޕާޓީއިން ބުނީ މާދަމާ ރޭ އޮންނަ ހަރަކާތް ތަފާތު ވާނެ ކަމަށް -- ފޮޓޯ: ޝާބިން/އަދަދު


އެމްޑީޕީން ހުށަހަޅާ އިގުތިސޯދީ ސިޔާސަތު ލޯންޗުކުރަން ތަފާތު އިވެންޓެއް މާދަމާ ރޭ ބާއްވަނީ

23 އޮގަސްޓު 2023 - 20:49 0

ވެރިކަން ކުރާ އެމްޑީޕީން އަންނަ ރިޔާސީ އިންތިހާބަށް ހުށަހަޅާ އިގުތިސޯދީ ސިޔާސަތު ހާމަކުރުމުގެ ގޮތުން މާދަމާ ރޭ ތަފާތު ކެމްޕޭން ހަރަކާތެއް ބޭއްވުމަށް ނިންމައިފި އެވެ.

އެމްޑީޕީއިން ނެރުނު ބަޔާނެއްގައި ބުނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވާ ހާއްސަ ހަރަކާތެއް މާދަމާ ރޭ ސޯޝަލް ސެންޓަރުގައި އޮންނާނެ ކަމަށެވެ. އެއީ މިހާތަނަށް ރާއްޖޭގައި ނުބާއްވާ ފަދަ ތަފާތު ހަރަކާތަކަށް ވާނެ ކަމަށް ކަމަށް އެ ޕާޓީން ބުނެ އެވެ.

މާދަމާ ރޭގެ ހަރަކާތުގެ ތެރެއިން އެޕާޓީން ކުރިއަށް އޮތް ފަސް އަހަރަށް ހުށަހަޅާ މެނިފެސްޓޯގެ ފަހުބައި ކަމަށްވާ "އިގްތިސާދީ މެނިފެސްޓޯ" ހުށަހެޅުން އޮންނާނެ ކަމަށް އެމްޑީޕީން ބުނެ އެވެ.

އެ ޕާޓީއަކީ ޖަގަހަ ހަރަކާތްތަކާއި ކެމްޕޭން ޖަލްސާތައް އަދި ކަންމަތީ ބައްދަލުވުންތައް ފަދަ ކަންކަން ވެސް އެންމެ ފުރަތަމަ ރާއްޖެއަށް ތައާރަފްކުރި ޕާޓީކަން ފާހަގަކޮށް އެމްޑީޕީގެ ބަޔާނުގައި ބުނެފައިި ވަނީ މާދަމާ ރޭގެ ހަރަކާތް ވެސް ތަފާތުވާނެ ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމަށް 100 އަށްވުރެ ގިނަ ރަށަށް މިހާތަނަށް ރައީސް ސޯލިހު ވަޑައިގެންފައި ވެއެވެ. އެމްޑީޕީއިން ބުނީ އެޕާޓީގެ ކެމްޕޭން ހަރަކާތްތައް އަތޮޅު ތެރޭގައި އަދި މާލޭގައި ހަލުވިކަމާ އެކު ކުރިއަށްދާ ކަމަށެވެ.