Advertisement

ދައުލަތުގެ 44,281 މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދެއްވަން ރައީސް ވައުދުވެވަޑައިގެންފި

21 އޮގަސްޓު 2023 - 22:46 5

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

މިރޭ ތުޅާދޫގައި ބޭއްވި ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ. --- ފޮޓޯ: އެމްޑީޕީ


ދައުލަތުގެ 44,281 މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދެއްވަން ރައީސް ވައުދުވެވަޑައިގެންފި

21 އޮގަސްޓު 2023 - 22:46 5

އަންނަ ޖެނުއަރީ މަހުން ފެށިގެން ދައުލަތުގެ 44,281 މުވައްޒަފުންގެ މުސާރަ އެންމެ ދަށްވެގެން 40 ޕަސެންޓުން ބޮޑުކުރާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވައުދުވެވަޑައިގެންފި އެވެ.

ބ. ތުޅާދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ދަައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ހަމަހަމަކުރުމަށް ކުރިއަށްގެންދާ ޕޭ ހަމަނައިޒޭޝަން ޕްރޮގްރާމްގެ ދަށުން އަންނަ އަހަރަށް ހުށަހަޅާ ބަޖެޓުގައި ގިނަ ދާއިރާތަކެއްގެ މުސާރަ ބޮޑުކުރަން ހިމަނާނެ ކަމަށެވެ.

"ޕޭ ހާމަނައިޒޭޝަން ނިންމާނީ ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނެސްގެން. ސިފައިންނާއި ފުލުހުން. ޝަރުއީ ދާއިރާގެ ހުރިހާ މުވައްޒަފުން. ކަރެކްޝަންސް ކަސްޓަމްސް އިމިގްރޭޝަން. އިމާމުންނާއި މުދިމުން. ސިވިލް ސާވިސްގެ ހުރިހާ މުވައްޒަފުންނާއި ޖުޑީޝަރީގެ ހުރިހާ މުވައްޒަފުންނާއި ކައުންސިލުގައި މަސައްކަތް ކުރާ ސިވިލް ސާވަންޓުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނަ ތަން އަންނަ ޖެނުއަރީން ފެށިގެން ފެނިގެންދާނެ," ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މުސާރައަށް ގެންނަ ބަދަލާއެކު އެވްރެޖުކޮށް ކޮންމެ މީހެއްގެ މުސާރައިން 40 ޕަސެންޓު އިތުރުވެގެންދާނެ ކަމަށެވެ. އެގޮތުން މުސާރަ ބޮޑުވާނެ މިންވަރުގެ މިސާލުތަކެއް ރައީސް ދެއްކެވި އެވެ. އެގޮތުން;

  • ފުލުހުންގެ ކޮންސްޓަބަލް: 11,000ރ. އިން 15,400ރ. އަށް
  • ޗީފް އިންސްޕެކްޓަރަކަށް: 34,300ރ. އިން 48,000ރ. އަށް
  • ސިފައިންގެ ޕްރައިވެޓަކަށް: 11,500ރ. އިން 16,100ރ. އަށް
  • ކައުންސިލުގެ މުވައްޒަފުން: 7,200ރ. އިން 10,500ރ. އަށް
  • ސިވިލް ސާވިސް ޑަައިރެކްޓަރުން: 16,000ރ. އިން 23,200ރ. އަށް

މުސާރަ ބޮޑު ކުރުމަށް ހިސާބު ޖަހައި، ތާވަލު ކުރެވިފައިވާ ކަމަށާއި އެކަމުގެ ތަފްސީލުތައް ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރައްވާނެ ކަމަށް ރައީސް ވެސް ވިދާޅުވި އެވެ. އަދި އެއިރުން ކޮންމެ އާއިލާއެއް ވެސް ފުދުންތެރި އާއިލާއަކަށް ވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ކިހިނެއްތޯ 10,000ރ. ލިބޭ މީހަކު ތަނެއް ކުއްޔަށް ހިފައިގެން އުޅޭނީ. ޖީޑީޕީ ދެ ގުނަ ކުރަން މަސައްކަތް ކުރަނީ. އެއާ އެކީގައި މި ލިބޭ އާމްދަނީ ވީހާވެސް ހަމަހަމަ ގޮތެއްގައި ފޯރުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއް," އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީހަމަޖެހިލައިގެން އާއިލާއައެކު އުޅެވޭނެ ގޮތް ހޯދައިދިނުމުން އެކަން މަސައްކަތުންނާއި މުވައްޒަފުންގެ ވިސްނުމުން ފެންނާނެ ކަމަށެވެ. އަދި, އެމަނިކުފާނުގެ ސަރުކާރުގައި އޮތީ ވެސް އަދި ކުރިއަށް އޮތް ތަނުގައި ވެސް އޮންނާނެ ހަމައެކަނި އެޖެންޑާއަކީ ރައްޔިތުން ބޭނުންވާ ކަންކަން ފުއްދުން ކަމަށް ވިދާޅުވި އެވެ.

"ވިޔަފާރި ކުރަން ބޭނުންވާ މީހާ ވިޔަފާރިކުރަން ފުރުސަތު ހުޅުވާލަން ޖެހޭ. ލުއި ފަސޭހަ ހުރިހާ ގޮތެއް ހޯދަން ޖެހޭ. އެ ލިބޭ އާމްދަނީ އެ ހޯދާ އެތިން މި ނަގަނީ މި ދަންނަވާ ޑިފަރެންސް ކުޑަކުރަން. އެ ހެޔޮ ގޮތުގައޮި ބޭނުންކުރަން ސަރުކާރުގައި އުޅޭ މުވައްޒަފުންގެ މުސާރައަށް ބަދަލު ގެންނަން ޖެހޭ،" ރައީސް ވިދާޅުވި އެވެ.

"އެމްޑީޕީގެ ތެރޭގައި ކުޑަ ލޮޅުމެއް އަރައިފި. އޭގެ އަސަރު ތުޅާދޫގައި ވެސް ޖެހުނު. [އެކަމަކު] އެ މަންޒަރު މިދަނީ ބަދަލުވަމުން. ދެވުނު ހުރިހާ ރަށަކުން ވެސް ބައެއް ރަށްރަށުގައި މީގެ އަސަރު ކުރިން ކޮށްފައި ހުރި. ނަމަވެސް ބަދަލުވަމުން، ބަދަލުވަމުން އައިސް އެމްޑީޕީއާއެކު, އަސްލު އެމްޑީޕީގެ މެމްބަރުން ނުކުމެ ތިބިތަން ފެނޭ. ވަރަށް ސާފުކޮށް ފެންނަނީ އިންތިހާބު ބޮޑުތަނުން ކާމިޔާބު ކުރާ ތަން."

އޮތީ އެންމެ އެޖެންޑާއެއް. އެއީ ރައްޔިތުން ބޭނުންވާ ކަންކަން ފުއްދުމުގެ އެޖެންޑާ. އަމާން މުޖުތަމައުއެއް ހޯދުމުގެ އެޖެންޑާ. ތަންފީޒު ކުރަނީ ވެސް އެ މަސައްކަތް ކުރިއަށް އޮތް ތަނުގައި ވެސް އޮތީ އެ މަސައްކަތް. މެނިފެސްޓޯ އާންމުކުރާއިރު ވަރަސް ސާފުކޮށް ފެންނާނެ މިހާޜު އެޅިފައި ހުރި ބިންގަލުގެ މަތީގައި ރައްޔިތުން ބޭނުންވާ ހެޔިޮ ބަދަލު ގެންނަން ކުރަން ރާވާފައިވާ ކަންކަން," ރައީސް ވިދާޅުވި އެވެ.