Advertisement

ލަންކާ މުވައްޒަފުން މިދިޔަ އަހަރު ރާއްޖެއިން 557 މިލިއަން ޑޮލަރު ބޭރުކުރި

23 އޮގަސްޓު 2023 - 08:17 5

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު


ލަންކާ މުވައްޒަފުން މިދިޔަ އަހަރު ރާއްޖެއިން 557 މިލިއަން ޑޮލަރު ބޭރުކުރި

23 އޮގަސްޓު 2023 - 08:17 5

ރާއްޖޭގައި މަސައްކަތްކުރާ ލަންކާ ރައްޔިތުން މިދިޔަ އަހަރު އެކަނިވެސް ރާއްޖެއިން ލަންކާއަށް 557 މިިލިއަން ޑޮލަރު ބޭރުކޮށްފި އެވެ.

ލަންކާގެ ސެންޓްރަލް ބޭންކާ ހަވާލާދީ އިކޮނޮމީ ނެކްސްޓުން ރިޕޯޓުކޮށްފައިވާ ގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކަނިވެސް ރެމިޓެންސް ގޮތުގައި ރާއްޖޭން 29.3 މިލިއަން ޑޮލަރު ލަންކާ އަށް ވަނީ ވަދެފަ އެވެ. ރެމިޓެންސް އަކީ ގައުމުން ބޭރުގައި މަސައްކަތްކުރާ މުވައްޒަފުން ގައުމަށް ވައްދާ ފައިސާ އެވެ.

ރާއްޖޭގައި ލަންކާގެ ގިނަ އަދަދެއްގެ ބަޔަކު ވަޒީފާ އަދާކުރަމުންދާއިރު ގިނަ މީހުން މަސައްކަތް ކުރަނީ ރިސޯޓުތަކާއި ޓްރެވެލް އޭޖެންސީ އަދި ޝިޕިން ކުންފުނިތަކުގަ އެވެ.

ލަންކާގެ ސެންޓްރަލް ބޭންކުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި މަސައްކަތް ކުރާ ލަންކާގެ މުވައްޒަފުންގެ ރެމިޓެންސްގެ ގޮތުގައި މިދިޔަ އަހަރު ޖުމްލަ 557 މިލިއަން ޑޮލަރު އެގައުމަށް ފޮނުވި އެވެ. މިއީ އޭގެ ކުރީ އަހަރަށް ވުރެ 12 ޕަސެންޓުގެ އިތުރުވުމެކެވެ. އަދި މީރާއަށް މިދިޔަ އަހަރު ޑޮލަރުން ލިބުނު އާމްދަނީގެ 62.23 ޕަސެންޓާ އެއްވަރު އަދަދެކެވެ. މީރާއަށް މިދިޔަ އަހަރު ޑޮލަރުން ލިބުނީ 895 މިލިއަން ޑޮލަރެވެ.

އިކޮނޮމީ ނެކްސްޓުން ބުނެފައިވާގޮތުން މުޅި ދެކުނު އޭޝިއާއިން ލަންކާ އަށް އެންމެ ގިނައިން ބޭރު ފައިސާ ވަންނަ ގައުމަކީ ރާއްޖެ އެވެ. ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީން ވަޒީފާ އަދާކުރަމުންދާއިރު އިންޑިއާ އަދި ބަންގްލަދޭޝް އަށްވެސް ގިނަ އަދަދެއްގެ ފައިސާ ބޭރުވެ އެވެ.