Advertisement

އިންޖީނުގެތަކާއި ޕެޓްރޯލް ޝެޑުތައް ރަޖިސްޓްރީކުރަން ޖެހޭ މުއްދަތު އިތުރުކޮށްފި

16 އޮގަސްޓު 2023 - 09:54 0

އަމަން ހަލީމް

އަމަން ހަލީމް

ސްޓެލްކޯ އިންޖީނުގެ: ކުރިން ހުއްދަ ނަގާފައިވާ ތަންތަނުން ވެސް އާ ގަވާއިދުގެ ދަށުން ލައިސެންސް ނަގަން ޖެހޭ -- ފޮޓޯ/އަބްދުﷲ އިޔާން


އިންޖީނުގެތަކާއި ޕެޓްރޯލް ޝެޑުތައް ރަޖިސްޓްރީކުރަން ޖެހޭ މުއްދަތު އިތުރުކޮށްފި

16 އޮގަސްޓު 2023 - 09:54 0

ހަކަތައިގެ ހިދުމަތްދޭ ފެސިލިޓީތަކާ ބެހޭ ގަވާއިދުގެ ދަށުން އެފަދަ ހިދުމަތްތައް ދޭ ތަންތަން ރަޖިސްޓަރީކޮށް، ލައިސަންސް ނަގަން މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން ދިން މުއްދަތު ދެ އަހަރަށް އިތުރުކޮށްފި އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން މިދިޔަ ފެބްރުއަރީ މަހު ގެޒެޓުކުރި ގަވާއިދުގައި ވަނީ އެ ގަވާއިދު ގެޒެޓުކުރާ ތާރީހުން ފެށިގެން އަހަރު ދުވަހުގެ ތެރޭގައި، ކުރިން ނަގާފައިވާ ހުއްދަ ހަކަތައިގެ ހިދުމަތްދޭ ފެސިލިޓީތަކާއި އުޅަނދުފަހަރުތައް ޔުޓިލިޓީ ރެގިއުލޭޓަރި އޮތޯރިޓީން ހުއްދަ ނަގަން ޖެހޭ ގޮތަށެވެ.

މި ލައިސެންސް ނުނަގާ ހަކަތައިގެ ހިދުމަތްތައް ދިނުމަކީ މަނާ ކަމެކެވެ. އެގޮތުން ލައިސެންސް ނަގަން ޖެހޭ ތަންތަނުގެ ތެރޭގައި ހިމެނެނީ:

  • އިންޖީނުގެތައް
  • ޕެޓްރޯލް ޝެޑުތައް
  • ތެޔޮ ބޯޓުތައް

ލައިސެންސް ނުނަގާ މިއިން އެއްވެސް ހިދުމަތެއްދޭ ފަރާތްތައް 10،000ރ. އިން ފެށިގެން އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރުމުގެ ބާރު ޔުޓިލިޓީ އޮތޯރިޓީއަށް ލިބެ އެވެ.

އެކުލަވާލާފައިވާ މި ގަވާއިދުގައި ބަޔާންކޮށްފައިވާ އިހުތިސޯސްގެ ތެރޭގައި ހިމެނޭ ކަމަކަށް މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ލައިސަންސް ނުހޯދައި އެއިން އެއްވެސް ކަމެއް ކުރުމަކީ މަނާކަމެކެވެ.

އަދި އަމިއްލަ ބޭނުމަށާއި ވިޔަފާރި ބޭނުމަށް ހަކަތަ އުފައްދައި ޓްރާންސްމިޓްކޮށް ޑިސްޓްރިބިއުޓްކޮށް ފޯރުކޮށްދިނުމާއި، ޕެޓްރޯލިއަމްގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމާއި، ރާއްޖޭގައި ސާފުކުރުމާއި، ގުދަންކުރުމާއި، ވިއްކުމަށް ބޭނުންކުރާ އެންމެހައި ފެސިލިޓީތައް ގާއިމްކުރުމުގެ ކުރިން އެ ތަންތަނާއި، އެ ތަކެތި ފަރުމާކޮށް އެ ފެސިލިޓީތަކުގެ ޑިޒައިން އެންވަޔަރަމަންޓް މިނިސްޓްރީން ފާސްކުރަންޖެހޭނެ ކަމަށް މި ގަވާއިދުގައި ފާހަގަކޮށްފައިވެ އެވެ.

އަދި ހަކަތަ އުފައްދައި ވިއްކުމަށް ބޭނުންކުރާ އެންމެހައި ފެސިލިޓީތައް ގާއިމުކުރާނީ، މިނިސްޓްރީން ފާސްކޮށްދީފައިވާ ފަރުމާތަކާ އެއްގޮތަށް ކަމަށެވެ.

އަދި މިނިސްޓްރީން ފާސްކޮށްފައިވާ ފަރުމާއަކަށް ބަދަލު ގެންނަން ޖެހިއްޖެ ހިނދެއްގައި، އެ ބަދަލެއް ގެނައުމުގެ ކުރިން ވެސް މިނިސްޓްރީން ހުއްދަ ހޯދަން ޖެހޭނެ ކަމަށް ގަވައިދުގައި ބަޔާންކޮށްފައިވެ އެވެ.

މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ބޭނުންކުރަމުންދާ ހަކަތައިގެ ފެސިލިޓީތަކާއި އުޅަނދުފަހަރު، ގަވާއިދަށް އަމަލުކުރަން ފަށާތާ އެއް އަހަރު ދުވަހުގެ ތެރޭގައި އޮތޯރިޓީގައި ރަޖިސްޓަރީކޮށް ލައިސަންސް ނަގަން ޖެހެ އެވެ.

މީގެ އިތުރުން އާންމު ބޭނުންތަކުގެ ހިދުމަތެއްގެ ގޮތުގައި ހަކަތައިގެ ހިދުމަތް ފޯރުކޮށްދެވޭނީ އެ އޮތޯރިޓީން ދޫކުރާ ހުއްދައާއެކު އެވެ.

މި ގަވާއިދުގެ ދަށުން ދޫކުރާ ލައިސަންސް އާންމުކޮށް ފެންނަން ހުންނަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވެ އެވެ. ފެންނަށް ނެތްނަމަ ފުރަތަމަ ފަހަރަށް 5،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ އެވެ. ދެވަނަ ފަހަރަށް 10،000 ރުފިޔާއިން ޖޫރިމަނާކުރާއިރު، އެކަން ތަކުރާރުވާނަމަ ކޮންމެ ފަހަރަކަށް 10،000 ރުފިޔާ އިތުރުވާނެ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ.