Advertisement

ފީވަކު ފެނުގެ ނިޒާމު ގާއިމްކުރުމުގެ މަސައްކަތް ނިންމާލައިފި

15 އޮގަސްޓު 2023 - 23:27 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ


ފީވަކު ފެނުގެ ނިޒާމު ގާއިމްކުރުމުގެ މަސައްކަތް ނިންމާލައިފި

15 އޮގަސްޓު 2023 - 23:27 0

އެމްޑަޑަބްލިއުއެސްސީން ކުރިއަށް ގެންދިޔަ ށ. ފީވަކު ފެނުގެ ނިޒާމު ގާއިމްކުރުމުގެ މަސައްކަތް މިއަދު ނިންމާލައިފި އެވެ.

ޕްލޭނިން މިނިސްޓްރީން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ އެ މަޝްރުއޫގެ އަގަކީ 49.60 މިލިއަން ރުފިޔާ އެވެ.

އެ މަޝްރޫއުގެ ދަށުން ފީވަކު ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން ގާއިމްކޮށް، ފެން ހޮޅީގެ މައިނެޓްވޯރކް އަޅައި އަދި ގޭގެޔަށް ފެނުގެ ކަނެކްޝަން ވަނީ ގުޅައިދީފަ އެވެ.

އޭގެ އިތުރުން، ފެން އުފެއްދުމަށްޓަކައި ފެން ޕްލާންޓް ބަހައްޓައި ބޯހޯލް ތޮރުފައި އަދި ރިޖެކްޓް ލައިންވެސް ވަނީ އަޅާފައިވާކަމަށް އެމްޑަބްލިއުއެސްސީން ބުނެ އެވެ. އަދި ފެން ރައްކާ ކުރުމަށްޓަކައި ފެންތާނގީ ވެސް ވަނީ އެ ރަށުގައި ބަހައްޓައިފަ އެވެ.

ފީވަކު ފެންޕްލާންޓަށް ބޭނުންވާ ފެން ތަހުލީލުކުރާ ސާމާނުތައް ވެސް ފޯރުކޮށްދޭނެ ކަމަށް އެމްޑަބްލިއުއެސްސީއިން ބުނެ އެވެ.