ކޯސްޓު ގާޑު އުޅަނދެއް
ދޯންޏެއް ދިޔަވެ އަޑިއަށް ދިޔުމުން ކަނޑުވި މީހަކު ފުލުހުން ސަލާމަތްކޮށްފި އެވެ.
އެ އިދާރާއިން ބުނި ގޮތުގައި އެ ދޯނި އަޑިއަށް ދިޔައީ ށ. ފުނަދޫއިން ފީވަކަށް ދަތުރުކުރަމުން ދަނިކޮށެވެ. އެ ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ހެނދުނު 11:50 ހާއިރު އެވެ.
"މި މައުލޫމާތު ލިބުމާއެކު ފުލުހުންގެ ލޯންޗު އެސަރަހައްދަށް ގޮސް ބަލަމުންދަނިކޮށް ދޯނިން ދަތުރުކުރި މީހާ ފީވަށް ކައިރި ކަނޑުތެރެއިން ފެނިފައިވޭ. މި މީހާއަކީ 68 އަހަރުގެ ފިރިހެނެއް. އެ މީހާ ސަލާމަތްކޮށް ފުލުހުންގެ ލޯންޗުގައި ފީވަކަށް މިހާރު ވަނީ ގެންގޮސްފައި. މީހާގެ ހާލު ރަނގަޅު،" އެ އިދާރާއިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުންޏެވެ.
އިތުރު މީހަކު އެ ދޯނިން ދަތުރެއް ނުކުރެ އެވެ. އެ ދޯނީގެ ބައެއް ތަކެތި އޮޔާ ދާތީ އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ފުލުހުން ވަނީ އެދިފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment