Advertisement

ޕެނަލްޓީ ޖަހައިގެން ފްރާންސް ބަލިކޮށް އޮސްޓްރޭލިއާ ސެމީ އަށް

12 އޮގަސްޓު 2023 - 18:35 0


ޕެނަލްޓީ ޖަހައިގެން ފްރާންސް ބަލިކޮށް އޮސްޓްރޭލިއާ ސެމީ އަށް

12 އޮގަސްޓު 2023 - 18:35 0

ބްރިސްބޭން (އޮގަސްޓް 12) - ފީފާ ވިމެންސް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި މިއަދު ޕެނަލްޓީ ޖަހައިގެން ފްރާންސް އަތުން 6-7 އިން މޮޅުވެ، އޮސްޓްރޭލިއާ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.

މިއީ މި އަހަރުގެ މުބާރާތުގެ އެއް ހޯސްޓް ކަމަށްވާ އޮސްޓްރޭލިއާ ވިމެންސް ވޯލްޑް ކަޕްގެ ސެމީ އަށް ދަތުރުކުރި ފުރަަތަމަ ފަހަރެވެ. ސެމީ ފައިނަލްގައި އޮސްޓްރޭލިއާއާ ދެކޮޅަށް ނުކުންނާނީ ކޮލަމްބިއާ ނުވަތަ އިންގްލެންޑްއެވެ.

މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގައި ވެސް ލަނޑެއް ނުޖެހި ދެ ޓީމު އެއްވަރުވެފައި އޮތުމުން، މެޗުގެ ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީންނެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި ކޮންމެ ޓީމަކުން ވެސް 10 ޕެނަލްޓީ ޖެހިއެވެ. އޮސްްޓްރޭލިއާ މެޗުން މޮޅުވި ޕެނަލްޓީ ޖެހީ އެ ޓީމުގެ ކޯޓްނީ ވައިންއެވެ.

އޭގެ ކުރިން އޮސްޓްރޭލިއާ ގޯލްކީޕަރު މަކެންޒީ އާނޯލްޑް ވަނީ އޮސްޓްރޭލިއާ މޮޅުކޮށްދޭން ލިބުނު ފުރުސަތު ގެއްލުވާލައިފައެވެ. އޭނާ ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. އެކަމަކު އޭގެ ފަހުން ފްރާންސްގެ ކެންޒާ ޑާލީ ދެ ފަހަރެއްގެ މަތިން ޖެހި ޕެނަލްޓީ ވެސް ދިފާއުކޮށް، އޮސްޓްރޭލިއާގެ އުންމީދު ދަމަހައްޓައިދިނީ އާނޯލްޑެވެ.

އޮސްޓްރޭލިއާގެ ކޯޗު ޓޯނީ ގުސްޓާވަސްން ބުނީ އޭނާގެ ޓީމުން ދެއްކި ހިތްވަރާމެދު ފަހުރުވެރިވާ ކަމަށެވެ.

"ވަރަށް ހިތްވަރުކޮށްފި ޓީމުން. ގަބޫލްކުރަން ވެސް ދަތި މި ފަދަ މެޗެއްގައި އެމީހުން އެ ދެއްކި ހިތްވަރު،" ގުސްޓާވަސަން ބުންޏެވެ.

ފްރާންސްގެ ކޯޗު ހާވް ރެނާޑް ބުނީ ސެމީގެ ޖާގައެއް އޮސްޓްރޭލިއާ އަށް ހައްގު ކަމަށެވެ.

"ފްރާންސް އިން ވަރަށް ރަނގަލަށް ކުޅުނު. އެކަމަކު ފުޓްބޯޅައިގައި ބައެއް ފަހަރު މި ކަހަލަ ގޮތަކަށް ނަތީޖާތައް ނުކުންނާނެ،" ރެނާޑް ބުންޏެވެ.

ކުއާޓާ ފައިނަލް ފަހު މެޗުގައި އިންގްލެންޑުން ވަނީ 2-1 އިން ކޮލަމްބިއާ ބަލިކޮށްފަ އެވެ. ސެމީގައި އޮސްޓްރޭލިއާ ކުޅޭނީ އިންގްލެންޑާ އެވެ. އަނެއް ސެމީގައި ސްޕެއިނާއި ނެދަލެންޑްސް ބައްދަލުކުރާނެ އެވެ.