Advertisement

ގެމަނަފުއްޓަށް ކޯލްޑް ސްޓޯރޭޖަކާއި ހޮސްޕިޓަލެއް!

10 އޮގަސްޓު 2023 - 00:55 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ގެމަނަފުށީގައި ރައީސް ސޯލިހު ވާހަކަ ދައްކަވަނީ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ގެމަނަފުއްޓަށް ކޯލްޑް ސްޓޯރޭޖަކާއި ހޮސްޕިޓަލެއް!

10 އޮގަސްޓު 2023 - 00:55 0

މަސްވެރި ގއ. ގެމަނަފުށީގައި މަސް ރައްކާކުރަން ކޯލްޑު ސްޓޯރޭޖެއް، އަދި ރަށުގެ ސިއްހީ ފަރުވާ ރަނގަޅު ކުރަން 30 އެނދުގެ ހޮސްޕިޓަލެއް ބިނާކޮށްދެއްވާނެ ކަމަށް ވެރިކަމުގެ ދެ ވަނަ ދައުރެއް ހޯއްދަވަން ކެމްޕޭނު ފައްޓަވާފައިވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނަށް ދެ ވަނަ ދައުރެއް ލިބިވަޑައިގެންނެފި ނަމަ ގެމަނަފުއްޓަށް ކޮށްދެއްވާނެ ކަންތައްތަކުގެ ތެރޭގައި ކޯލްޑު ސްޓޯރޭޖާއި ހޮސްޕިޓަލްގެ އިތުރުން، ސްކޫލަށް ބޭނުންވާ މަލްޓި ޕާޕަސް ހޯލް، ހައުސިން ޔުނިޓު، ކައުންސިލްގެ އާ އިމާރާތެއް އެޅުން، ގެމަނަފުށީ ކުރިމަތީގައި އޮތް އަރައިގައްތާގައި ރިސޯޓެއް ހެދުން ހިމެނެ އެވެ.

ވޭތުވެދިޔަ ސަރުކާރުތަކުން ރާއްޖޭގެ މަސްވެރިކަން ކުރިއަރުވަން މަސައްކަތް ކުރައްވާފައި ނެތް ކަމަށާއި މި "ސިނާއަތަށް ސަރުކާރުން އަޅާލަންޖެހޭ މިންވަރަށް އަޅާލާފައެއް ނެތް،" ކަމަށް ވިދާޅުވި އެވެ.

"ފެލިވަރު މަސް ފެކްޓްރީ އާއި، ކޫއްޑޫ ފިޝަރީޒް ކޮމްޕްލެސް ފިޔަވައި މާ ބޮޑު ކަމެއް ނެތް. މަސްވެރިކަން ފުޅާކުރަންޖެހޭ މިންވަރަށް ފުޅާކުރެވިފައެއް ނެތް."

ރައީސް ވިދާޅުވީ މަސްވެރިން އެތައް ގުނައެއް ކުރިއަށް ޖެހިލައިފި ކަމަށާއި މަސް އޮޑިތައް ބޮޑެތި ވެއްޖެ ކަމަށާއި ބާނާ މަސް ގިނަ ވެއްޖެ ކަމަށެވެ.