Advertisement

ފުޓުބޯޅައިގެ އެންމެ ވަރުގަދަ ލީގުތައް މި މަހު ފަށަނީ، މީޑިއާނެޓުން ފެންނާނެ

5 އޮގަސްޓު 2023 - 12:36 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް


ފުޓުބޯޅައިގެ އެންމެ ވަރުގަދަ ލީގުތައް މި މަހު ފަށަނީ، މީޑިއާނެޓުން ފެންނާނެ

5 އޮގަސްޓު 2023 - 12:36 0

ފުޓުބޯޅައިގެ އެންމެ ވަރުގަދަ ހަތަރު ލީގު ކަމުގައިވާ އިނގިރޭސި ޕްރިމިއާ ލީގާއި ސްޕެނިޝް ލަލީގާގެ އިތުރުން އިޓާލިއަން ސެރި އާ އަދި ފުރެންޗް ލީގް އެކެއްގެ މެޗުތައް މީޑިއާނެޓު މެދުވެރިކޮށް އައިސް ނެޓްވޯކުގެ ގެ ޗެނަލްތަކުން ބަލާލެވޭނެ އެވެ.

އިނގިރޭސި ޕްރިމިއާ ލީގު ހުޅުވާ މެޗު ކުޅޭނީ އޮގަސްޓު 12 ގެ މެންދަމު 00:00 ގައެވެ. ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ އެންމެ ފަހުގެ ޗެމްޕިއަން މެންޗަސްޓާ ސިޓީ އާއި އަލަށް ލީގަށް ޕުރޮމޯޓްވި ބާންލީ އެވެ. މެންޗަސްޓާ ސިޓީއަކީ ނިމިދިޔަ އިނގެރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން ޓީމެވެ.

އޮގަސްޓު 11 ގައި ލަލީގާ ފަށާއިރު، ފުރަތަމަ މެޗެއްގެ ގޮތުގައި ކުޅުމަށް ހަމަޖެހިފައިވަނީ އަލްމޭރިއާ އަދި ރަޔޯ ވެލްކަނޯ އެވެ. މި މެޗެ ކުޅޭނީ އަންނަ ހުކުރު ދުވަހުގެ ރޭ 22:30 ގަ އެވެ.

އިޓާލިއަން ލީގު ހުޅުވާ މެޗުގައި ބައްދަލުކުރާނީ ފުރުސިނޯން އަދި ނަޕޯލީ ގެ އިތުރުން އެމްޕޯލީ އަދި ވެރޯނާ އެވެ. މި މެޗު ކުޅޭނީ އޯގަސްޓް 19, ގެ 21:30 ގަ އެވެ.

ފުރާންސްގެ ލީގް 1ގެ ލީގު ހުޅުވާ މެޗު ކުޅޭނީ އޯގަސްޓް 12 ގަ އެވެ. މެންދަމު 00:00 ގައި ކުޅޭ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ނައިސް އަދި ލީލްއެވެ.

ދުނިޔޭގެ އެންމެ ނަން ހިނގާ މި ހަތަރު ލީގުގެ މެޗުތަކުގެ އިތުރުން މިހާރު ކުރިއަށްދާ ފީފާ ވިމެންސް ވޯލްޑްކަޕް އާއި ކުލަބް މޯލްޑިވްސް ފުޓްސަލް މުބާރާތުގެ ހުރިހާ މެޗެއްވެސް މީޑިއާނެޓް މެދުވެރިކޮށް އައިސްގެ ޗެނަލްތަކުން ބަލާލެވޭނެ އެވެ.

މީގެ އިތުރުން ބުންޑެސް ލީގާއި ޔުއެފާ ޗެމްޕިއަންސް ލީގް، ޔޫރޮޕާ ލީގް އަދި އެފް އޭ ކަޕް ގެ މެޗުތައްވެސް މީޑިއާނެޓްގެ ކަސްޓަމަރުންނަށް ޓީވީ އިންނާއި ފޯނުގެ ޒަރިއްޔާއިން ކޮންމެ ވަގުތަކު އަދި ކޮންމެ ތާކު ހުރެގެންވެސް ބަލާލެވޭނެކަމުގެ ޔަގީންކަން އެ ކުންފުނިންދެ އެވެ.