Advertisement

ކުޑަކުދިންނަށް ކުރާ އަނިޔާގެ 104 މައްސަލައެއް މިދިޔަ މަހު ޖެންޑާ މިނިސްޓްރީން ބެލި

31 ޖުލައި 2023 - 19:24 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް


ކުޑަކުދިންނަށް ކުރާ އަނިޔާގެ 104 މައްސަލައެއް މިދިޔަ މަހު ޖެންޑާ މިނިސްޓްރީން ބެލި

31 ޖުލައި 2023 - 19:24 0

ކުޑަކުދިންނަށް ކުރާ އަނިޔާގެ 104 މައްސަލައެއް މިދިޔަ ޖޫން މަހު ބަލާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މިއަދު އާންމު ކުރި ހިސާބުތަކަށް ބަލާއިރު، ޖޫން މަހު ޖެންޑާ މިނިސްޓްރީއަށް ހުށަހެޅި އަދި އެ މިނިސްޓްރީން ބެލި މައްސަލަތަކުގެ އަދަދު 228 އަށް އަރަ އެވެ. އޭގެ ތެރޭގައި ކުޑަކުދިންނަށް ކުރާ އަނިޔާގެ 104 މައްސަލައެއް ހިމެނެ އެވެ.

އެގޮތުން 57 ފިރިހެން ކުއްޖަކާއި 47 އަންހެން ކުދިން، އެކިކަހަލަ އަނިޔާތަކުގެ ޝިކާރައަކަށް ވެފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަތައް ވެސް ހިމެނެ އެވެ. އޭގެ ތެރެއިން އެންމެ ގިނައީ ކުޑަކުދިންނށް އަޅާނުލުމުގެ މައްސަލަތަކެވެ.

މިދިޔަ މަހު ޖެންޑާ މިނިސްޓްރީއަށް ވަނީ ޖިންސީ އަދި ގެވެށި އަނިޔާގެ 38 މައްސަލައެއް ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި ބިރުދެއްކުމުގެ ތިން މައްސަލައަކާއި ޖިސްމާނީ އަނިޔާގެ 19 މައްސަލައެއްގެ އިތުރުން ނަފްސާނީ އަނިޔާގެ 15 މައްސަލައަކާއި ރޭޕްގެ އެއް މައްސަލަ ހިމެނެ އެވެ.

ޖެންޑާ މިނިސްޓްރީން ވަނީ އައިލީ މައްސަލަތަކުގެ 39 މައްސަލައަކާއި އަމިއްލަ ނަފްސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވާން މަސައްކަތް ކުރުމުގެ ޖުމުލަ 17 މައްސަލައެއް ވެސް ބަލާފަ އެވެ. މިވަގުތު ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގައި 180 ކުދިން ތިބަ ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކަ އެވެ.