Advertisement

އަންހެނަކު ކިޑްނެޕްކޮށް އަނިޔާކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

20 ނޮވެންބަރު 2025 - 08:57 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އަންހެނަކު ކިޑްނެޕްކުރި މައްސަލައިގައި ފުލުހުން ހައްޔަރުކުރި މީހާ -- ފޮޓޯ: ފުލުހުން


އަންހެނަކު ކިޑްނެޕްކޮށް އަނިޔާކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

20 ނޮވެންބަރު 2025 - 08:57 0

މާލޭ ގެއެއްގެ ތެރޭގައި އުމުރުން 18 އަހަރުގެ ޒުވާން އަންހެނަކު ކިޑްނެޕް ކުރުމަށްފަހު އޭނާއަށް އަނިޔާކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި އެވެ.

މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ އެ މައްސަލައިގައި ހައްޔަރުކުރީ އަހުމަދު އާހިލް މުނާޒު، 19، ހ. ފޯ ސީޒަން ކަމަށެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭނާ ހައްޔަރުކުރީ މިދިޔަ އަންގާރަ ދުވަހުގެ ރެ އެވެ.

މީގެ ކުރިން ފުލުހުން ބުނީ ނުރުހުމުގައި ގެއެއްގެ ތެރޭ ހިފެހެއްޓުމަށްފަހު ޖިސްމާނީ އަނިޔާކޮށްފައިވަނީ 18 އަހަރުގެ އަންހެނަކަށް ކަމަށެވެ. އެއީ ދިވެއްސެއް ކަމެއް ނުވަތަ ބިދޭސީއެއް ކަމެއް ފުލުހުން ނުބުނެ އެވެ. އަދި އެމީހާއަށް ކުރި އަނިޔާގެ އެއްވެސް ތަފުސީލެއް ވެސް ފުލުހުން ނުދެ އެވެ.

ނުރުހުމުގައި ގެއެއްގެ ތެރޭގައި ހިފަހައްޓައި އަންހެނަކަށް އަނިޔާކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފައިވާއިރު، ފުލުހުންގެ އެހީތެރިކަމަށް އެދިގެން ފުލުހުންގެ އެހީތެރިކަމާއެކު އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔަ 24 އަހަރުގެ ދިވެހި އަންހެނަކަށް ޖިންސީ އަނިޔާ ދީފައި ހުރި ކަމަށް ތުހުމަތު ކުރެވޭ ކަމަށް ހޮސްޕިޓަލުން ބުނެގެން އެ މައްސަލަ ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ފުލުހުން ބުނީ މިދިޔަ އާދީއްތަ ދުވަހު ހަވީރުގެ ވަގުތެއްގައި މާލެ މަގުމަތިން ފުލުހުންގެ އެހީތެރިކަމަށް އެދުނު އެ އަންހެން މީހާއަށް ޖިންސީ އަނިޔާ ދީފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ހޮސްޕިޓަލުން ބުނީ ހަމަ އެ ރޭގެ ވަގުތެއްގައި ކަމަށެވެ.