Advertisement

އެން ސްޕޯޓްސް އެކަޑެމީގެ ޒުވާން ނެޓްބޯޅަ ޓީމް ތަމްރީން ކޭމްޕަކަށް ލަންކާއަށް

29 ޖުލައި 2023 - 10:00 1


އެން ސްޕޯޓްސް އެކަޑެމީގެ ޒުވާން ނެޓްބޯޅަ ޓީމް ތަމްރީން ކޭމްޕަކަށް ލަންކާއަށް

29 ޖުލައި 2023 - 10:00 1

ތަޖުރިބާ އާއި ތަމްރީން ހޯދުމުގެ ދަތުރެއްގައި އެން ސްޕޯޓްސް އެކަޑެމީގެ 16 އަހަރުން ދަށުގެ ޓީމު ސްރީ ލަންކާ އަށް ފުރައިފި އެވެ.

ރާއްޖޭގައި ނެޓްބޯޅަ ކުރިއަރުވައި ޒުވާން ކުޅުންތެރިން އުފެއްދުމަށް މަސައްކަތް ކުރަމުން އަންނަ އެން ސްޕޯޓްސް އެކަޑެމީ އިން ލަންކާއަށް ކުރާ ދަތުރުގައި އެ އެކަޑެމީގެ 16 ކުޅުންތެރިއަކާއި ތިން ކޯޗަކު ބައިވެރިވެރިވާނެ އެވެ.

މި މަހުގެ 26 އިން އަންނަ މަހުގެ ލަންކާއަށް ކުރާ މި ދަތުރުގައި އެން ސްޕޯޓްސް އެކަޑެމީގެ ޒުވާން ޓީމު ޕްރެކްޓިސް ކުރާނީ އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕް ސްރީލަންކާއަށް ކާމިޔާބުކޮށްދިން ކޯޗު ހަސިންތުގެ އެކަޑެމީގަ އެވެ.

ލަންކާގެ ކާމިޔާބު ކޯޗުގެ އެކަޑެމީގައި ތަމްރީން ހެދުމަށް ފަހު މާލެ އައުމުގެ ކުރިން އެކުވެރިކަމުގެ މުބާރާތެއް ކުޅޭނެ އެވެ. މި މުބާރާތުގައި ލަންކާގެ އަށް ޓީމާއި އެން ސްޕޯޓްސްގެ ދެ ޓީމް ވާދަކުރާނެ އެވެ.

މި ތަމްރީން ދަތުރުގެ މައިގަނޑު ބޭނުމަކީ އަރަމުން އަންނަ ޒުވާން ކުޅުންތެރިންގެ ހުނަރުތައް ތަރައްގީކުރުމުގައި އެހީވެ ދުނިޔޭގެ ފެންވަރުގައި ނެޓްބޯޅައިގެ ކާމިޔާބު ކޯޗުންނާ އެކު ތަމްރީންކުރުމުގެ ފުރުސަތު އެ ކުޅުންތެރިންނަށް ހޯދައިދިނުމެވެ.

އެން ސްޕޯޓްސް އެކަޑެމީގެ ޓީމެއް އެންމެ ފަހުން ތަމްރީން ދަތުރެއްގައި ރާއްޖެއިން ބޭރަށް ދިޔައީ 2018ގަ އެވެ. ކޮންމެ އަހަރަކު ވެސް ދިޔުމަށް ރޭވިފައިވާ މި ދަތުރު ހުއްޓުމަކަށް އައީ ކޮވިޑުގެ ސަބަބުންނެވެ. ނަމަވެސް މިހާރު އެ އެކަޑެމީގެ އަމާޒަކީ މިއަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް މި ތަމްރީން ކޭމްޕްތައް ކުރިއަށްގެންދިޔުމެވެ.

ގައުމީ ޓީމްގެ ކޯޗުު ނީޝާ ހަލީމް އިސްކޮށް ހުރެ ކުރިއަށް ގެންދަމުން އަންނަ އެން ސްޕޯޓްސް އެކަޑެމީ އިން ވަނީ ދާދި ފަހުން ޒުވާން ކުޅުންތެރިންނަށް އަމާޒުކޮށް ނެޓްބޯޅަ ފެސްޓިވަލެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ. މި ފެސްޓިވަލްގައި 200 އަށް ވުރެ ގިނަ ކުދިން ބައިވެރިވިއިރު، އަޑުއިވުމުން މަހުރޫމްވެފައިވާ ކުދިންގެ ހާއްސަ މެޗެއްވެސް މި ފެސްޓިވަލްގައި ކުރިއަށްދިޔަ އެވެ. މި ކުދިންގެ ޓްރެއިނިން އެން ސްޕޯޓްސް އިން ހުއްޓާ ނުލައި ކުރިއަށްގެންދާކަންވެސް ފާހަގަކޮށްލެވެ އެވެ.