Advertisement

އަލިރަސްގެފާނުގެ ޒިޔާރަތް މަރާމާތު ކުރުން ސިޓީ ކައުންސިލުން ހުއްޓުވައިފި

23 ޖުލައި 2023 - 14:48 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

އަލިރަސްގެފާނު ޒިޔާރަތް


އަލިރަސްގެފާނުގެ ޒިޔާރަތް މަރާމާތު ކުރުން ސިޓީ ކައުންސިލުން ހުއްޓުވައިފި

23 ޖުލައި 2023 - 14:48 0

އަލިރަސްގެފާނުގެ ޒިޔާރަތް މަރާމާތު ކުރަން ސަރުކާރުން ފެށި މަސައްކަތް މާލޭ ސިޓީ ކައުންސިލުން ހުއްޓުވައިފި އެވެ.

ހެރިޓޭޖް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު އިސްމާއީލް ނާއިލް ނަޝީދު "އަދަދު" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ އަލިރަސްގެފާނު ޒިޔާރަތް މަރާމާތުކޮށް، އާބާތުރަ ފިލުވުމުގެ މަސައްކަތް ކައުންސިލުން ހުއްޓުވީ އެއީ އެ ކައުންސިލުގެ ބިމެއް ކަމަށް ބުނެ ކަމަށެވެ.

"ހެރިޓޭޖުން ބަލަހައްޓާ ތަނެއް ތަނަކީ. ދެން އެކަމަކު ސިޓީ ކައުންސިލުން ސިޓީ ކައުންސިލުގެ ބިމެއް ކަމަށް ބުނެފަ މަސައްކަތް ހުއްޓުވާފައި އޮތީ،" ނާއިލް ވިދާޅުވި އެވެ.

ނަމަވެސް އަލިރަސްގެފާނު ޒިޔާރަތުގެ މަސައްކަތް ހުއްޓުވާފައިނުވާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެ އެވެ. އެ ކައުންސިލުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެ މަސައްކަތް ހުއްޓުވާފައި އޮތް ނަމަ އެއީ އިދާރީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަމެއް އިތުމުން ކަމަށް ވެދާނެ ކަމަށެވެ.

"އަޅުގަނޑުމެން ނުހުއްޓުވަން އެފަދަ މަސައްކަތެއް. ހުއްޓިފައި އޮވެދާނެ އިދާރީ ކަމެއް ފުރިހަމަ ނުވެ އޮތީމަ އެކަމެއް ފުރިހަމަ ކުރަން. އަޅުގަނޑު ބަލާނަން އެފަދަ ކަމެއް ވެސް އޮތް ނަމަ އަވަސްކުރުމަށް" މުއިއްޒު ވިދާޅުވި އެވެ.

އަލިރަސްގެފާނު ޒިޔާރަތުގެ މަގު ފާރު އެތެރެއަށް ޖެއްސުމާއ އެތަނުގެ މައުލޫމާތު ބޯޑުތައް އާކުރުން ފަދަ ބައެއް މަސައްކަތް ފެށީ މި ހިނގާ ޖުލައި 12، ގަ އެވެ.

އަލިރަސްގެފާނު ދިވެހިރާއްޖޭގައި ރަސްކަން ކުރެއްވީ މީލާދީން 1558 ވަނަ އަހަރެވެ. އެމަނިކުފާނުގެ ވެރިކަން ދެމިހުރީ އެންމެ ދެ މަސް ދުވަހެވެ. އެއަށްފަހު ޕޯޗުގީޒުންގެ ބަޔަކު ރާއްޖެ ހިފަން އައިސް ކުރި ހަނގުރާމައިގައި އެމަނިކުފާނުގެ އަވަހާރަވީ އެވެ. ފަސްދާނުލެއްވީ އަވަހާރަވި ތަނުގައި ކަމަށްވެ އެވެ.