Advertisement

ގޭސް ފުޅިއެއް ގޮވައި މޫނު ފިހުނު އަންހެނަކަށް ހޮސްޕިޓަލު ގައި ފަރުވާދެނީ

23 ޖުލައި 2023 - 12:15 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މާލެ ސިޓީ: މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވާ މޫނު ފިހުނު އަންހެނަކަށް ހޮސްޕިޓަލު ގައި ފަރުވާދެނީ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ގޭސް ފުޅިއެއް ގޮވައި މޫނު ފިހުނު އަންހެނަކަށް ހޮސްޕިޓަލު ގައި ފަރުވާދެނީ

23 ޖުލައި 2023 - 12:15 0

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވި ހާދިސާއެއްގައި މޫނު ފިހުނު އަންހެނަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި އެވެ.

އެމްއެންޑީއެފް އިން މިއަދު މައުލޫމާތު ދިން ގޮތުގައި އެ ހާދިސާ ހިނގީ މ. ދިލީވިލާ ގަ އެވެ. އެ ހާދިސާ ހިނގީ އެ ގޭގެ ގޭސް ލީކުވެފައި ހުއްޓާ އުނދުން ރޯކުރެވުމުން ކަމަށް ވެސް އެމްއެންޑީއެފްގެ އޮފިޝަލް ވިދާޅުވި އެވެ.

އަނިޔާ ލިބި މޫނު ފިހުނީ އެ އުނދުން ރޯކުރި އަންހެން މީހާ ކަމަށާއި އެ މީހާއަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ. ނަމަވެސް އެ މީހާގެ ހާލަތާ ބެހޭ އިތުރު ތަފުސީލެއް އަދި ނުލިބެ އެވެ.

ގޭސް ލީކުވެ، ފުޅި ގޮވުމުގެ ސަބަބުން މީގެ ކުރިންވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި ނުރައްކާތެރި ހާދިސާތަކެއް ހިނގާފައިވެ އެވެ. އެފަދަ ހާދިސާތަކުގައި މީހުންނާއި އިމާރާތްތަކަށް އެކި ކަހަލަ ގެއްލުންތަކެއް ލިބިފައިވެ އެވެ.