ކުޑަކުއްޖަކަށް ޖިންސީގޯނާކުރި މީހަކަށް 28 އަހަރުގެ ޖަލު ހުކުމެއްކޮށްފި

17 ޖުލައި 2023 - 10:56 1

އާމިނަތު ނިއުޝާ

އ

ޖިންސީގޯނާއާ ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން -- ފޮޓޯ: އަދަދު


ކުޑަކުއްޖަކަށް ޖިންސީގޯނާކުރި މީހަކަށް 28 އަހަރުގެ ޖަލު ހުކުމެއްކޮށްފި

17 ޖުލައި 2023 - 10:56 1

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު 28 އަހަރަށް ޖަލަށް ކްރިމިނަލްކޯޓުން ހުކުމްކޮށްފި އެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލާގައި ޖަލަށް ލާން ހުކުމްކޮށްފައި ވަނީ ބ.ތުޅާދޫ / ދުންފިނިގެ، ނިޝާން އިބްރާހީމް ގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން އަތްލުމުގެ ދެ މައްސަލަ އެވެ.

ނިޝާން އިބްރާހީމް ވަނީ 2019 ވަނަ ތެރޭގައި އެކި ފަހަރު މަތިން ކުޑަކުއްޖާގެ ގެއަށް ގޮސް އެކުއްޖާއަށް ޖިންސީ ގޯނާކޮށްފަ އެވެ. އެ މައްސަލާގައި އުފުލުނު ދައުވާތަކަށް އޭނާ އިބްރާހީމް އިންކާރު ކުރި އެވެ.

ނަމަވެސް ހުށަހެޅިފައިވާ ހެކި ގަރީނާއަށް ރިއާޔަތްކޮށް އެކަށީގެންވާ މިންވަރެއްގެ ޝައްކެެއްނެތި ދައުލަތުން އޭނާގެ މައްޗަށް ސާބިތުކޮށްދީފައިވާ ކަމަށް ކްރިމިނަލްކޯޓުން މައްސަލަ ބެއްލެވި ފަނޑިޔާރު ވަނީ ކަނޑައަޅުއްވައިފަ އެވެ.

ނިޝާނަށް 28 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވީ ދެ ގަޒިއްޔާއަކުން ކޮންމެ ގަޒިއްޔާއަކަށް 14 އަހަރުގެ މަގުންނެވެ.

0.00%

0.00%

50.00%

50.00%

މި ލިޔުން ކިޔާލުމުން


އާދަމް

over 1 year ago

ކުޑަކުދިންގެ ޙައްޤުތަކަށް މިހާ އިންސާފުވެރި ޝަރީޢަތް ކުރާއިރު އެންމެ ބޮޑު ޙައްޤަކީ ކޮބައިތޯ ދެނެލައްވާ ބޭފުޅަކު އެބަ ހުރިބާ؟ މިއުޅެނީ ﷲ އަށް ޝަރީކުކުރެވޭ ގޮތް ނޭނގިގެން. ވެރިންނަށްވެސް ޤާޟީންނަށްވެސް. އެކަން ޝަރިއްޔަތްތަކަށް ކުރާ ހުކުމްތަކުން އެނގިލައްވާނެ. ވަރަށް ވާހަކަ.