Advertisement

މުލި-ނާލާފުށި ކޯޒްވޭގެ މަސައްކަތް އެއާޕޯޓް ނިމުމާއެކު ފަށަނީ

15 ޖުލައި 2023 - 15:09 0

މ. ނާލާފުށި

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ނާލާފުށި ކެމްޕެއިނު ޖަލްސާގައި ރައީސް ސޯލިހު ވާހަކަ ދައްކަވަނީ-- ފޮޓޯ: މިރާޝް ނާޝިމް/އަދަދު


މުލި-ނާލާފުށި ކޯޒްވޭގެ މަސައްކަތް އެއާޕޯޓް ނިމުމާއެކު ފަށަނީ

15 ޖުލައި 2023 - 15:09 0

މ. ނާލާފުށި

މ. މުލީގައި ތަރައްގީ ކުރަމުން އަންނަ އެއާޕޯޓުގެ މަސައްކަތް ނިމުމާއެކު، އެ ރަށާއި ނާލާފުށި ގުޅުވާލާ ކޯޒްވޭގެ މަސައްކަތް ފަށަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފި އެވެ.

މުލި-ނާލާފުށި ކޯޒްވޭއަކީ ރައީސްގެ ވައުދެކެވެ. 2022 ވަނަ އަހަރަށް ލަފާކުރި ބަޖެޓުގައި ވެސް އެ މަސައްކަތް ހިމެނި ނަމަވެސް، ފާސްކުރި ބަޖެޓުގައި ނެތެވެ. މި އަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓުގައި އެ މަސައްކަތަށް 910,000ރ. ހިމަނައިފައިވެ އެވެ.

އެ މަސައްކަތް މިހާތަނަށް ބަޔަކާ ހަވާލުކޮށްފައިވާކަން އެނގެން ނެތް ނަމަވެސް ރައީސް މިއަދު ވިދާޅުވީ އެ މަޝްރޫއު މިހާރު އޮތީ ޕްލޭން ކޮށް ނިމިފައި ކަމަށެވެ.

"ކުރިއަށް އޮތް އަހަރު ތެރޭގައި [ފަށާނެ]. [މުލީ] އެއާޕޯޓު މި އަހަރު އިރާދަކުރެއްވިއްުޔާ އެއާޕޯޓު ނިމޭނެ، ނިމުމާއެކުގައި މި ދެ ރަށް ގުޅާލުމުގެ މަސައްކަތް ފެށިގެން ދާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކޯޒްވޭ އެޅުމާއެކު ކުޑަކުޑަ ނާލާފުށިން ލިބެން ނެތް ހިދުމަތްތައް ހޯދުމަށް ފަސޭހަކަމާއެކު އެއްގަމު މަގުން ދަތުރުކޮށް ހިދުމަތް ހޯދޭނެ ކަމަށެވެ.

"އޭރުން މި ދެ ރަށަށް ވެސް ވަރަށް ބޮޑު ފަސޭހައެއް ވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.

ނާލާފުއްޓަކީ 400 އެއްހާ މީހުން ދިރިއުޅޭ ރަށެއް ނަމަވެސް މި ރަށަށް ވެސް ކޮށްދޭން ޖެހޭ ކަންކަން ކޮށްދިނުމުގައި ތަފާތެއް ނުކުރާނެ ކަން ފާހަގަކޮށް މީގެ ކުރިން ސަރުކާރުތަކުން ގެންގުޅެމުން އައި ސިޔާސަތަށް އެމަނިކުފާނު ފާޑުވިދާޅުވި އެވެ.

"ކުރީގެ ސިޔާސަތާ އެއްގޮތަށް ހިނގަމުން ދިޔަނަމަ މި ރަށަށް ތަރައްގީ އަންނާނީ ވިހި، ފަނަރަ އަހަރު ފަހުން، އަޅުގަނޑުމެންގެ ސަރުކާރުން އެކަން ބަދަލުކޮށްފިން،" ރައީސް ވިދާޅުވި އެވެ.

މިދިޔަ ރިޔާސީ އިންތިހާބުގައި މި ރަށުން ލިބުނީ 38 ޕަސެންޓު ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ހިދުމަތްތައް ފޯރުކޮށްދީ ތަރައްގީ ގާއިމް ކޮށްދިނީ އެކަމަށް ވެސް ބެލުމެއް ނެތި ކަމަށެވެ. އަދި ކުރިއަށް އޮތް އިންތިހާބުގައި އެ ނަތީޖާ ބޮޑުތަނުން ބަދަލުވެގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް މިއަދު ވަނީ ދެ ވަނަ ދައުރެއްގައި މި ރަށު ބަނދަރު ތަރައްގީ ކުރައްވަން ވައުދުވެވަޑައިގެންފަ އެވެ.