Advertisement

ގުރުއާން އަންދާ ގައުމުތަކުގެ މުދާ ކުވެއިތުގައި މަނާކުރަނީ

12 ޖުލައި 2023 - 11:22 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ގުރުއާން އެންދުމާ ދެކޮޅަށް މުޒާހަރާ ކުރަނީ.


ގުރުއާން އަންދާ ގައުމުތަކުގެ މުދާ ކުވެއިތުގައި މަނާކުރަނީ

12 ޖުލައި 2023 - 11:22 0

ގުރުއާން އަންދާ ގައުމުތަކުގެ މުދާ ކުވެއިތުގައި ވިއްކުން މަނާކުރަން އެ ގައުމުގެ ޕާލަމެންޓުން ޓްރޭޑް މިނިސްޓްރީއަށް އަންގައިފި އެވެ.

އޭގެ އިތުރުން އިސްލާމްދީންގެ އަސާސްތަކަށް ގޮންޖަހާ ގައުމުތަކަށް ކުވެއިތުގެ މުދާ އެކްސްޕޯޓް ކުރުން މަނާކުރުމަށް ވެސް ޕާލަމެންޓުން ނިންމި އެވެ.

ޕާލަމެންޓުން ނެރުނު ބަޔާނެއްގައި ބުނީ އެފަދަ ކަންކަން ކުރިއަރުވާ ވެބްސައިޓާއި އެޕްލިކޭޝަންތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އިންފޮމޭޝަަން މިނިސްޓްރީއަށް ވެސް އަންގާފައިވާ ކަމަށެވެ.

ދީންތަކާ މެދު ނަފުރަތު އުފެއްދުމާއި ނަފުރަތު ފެތުރުމާ ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ ގަރާރެއް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލަށް ވަނީ ހުށަހަޅައިފަ އެވެ.

ގަރާރުގެ ދެލިކޮޕީ ތައްޔާރުކޮށް އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕޮރޭޝަން (އޯއައިސީ) ގެ މެމްބަރު 57 ގައުމުގެ ފަރާތުން ގަރާރު ހުށަހެޅީ ޕާކިސްތާނުންނެވެ.

މިދިޔަ މަހު ސްވިޑަންގައި ގުރުއާން އެންދި މައްސަލައިގައި އޯއައިސީން ބުނީ އެއީ "އިހްތިރާމް ކުޑަކޮށް، ޖައްސާލައި، ރުޅިވެރިކަން ފެތުރުމުގެ ނިޔަތުގައި" ހިންގާ އަމަލެއް ކަމަށެވެ.

ގަރާރުގައި ވަނީ ޔޫރަޕްގެ ބައެއް ގައުމުތަކާއި އެހެން ބައެއް ގަައުމުތަކުގައި ތަކުރާރުކޮށް ގުރުއާން އަންދާ މައްސަލަ ކުށްވެރިކޮށްފަ އެވެ.