Advertisement

ރާއްޖެއިން ކުވެއިތާއެކު ރަސްމީ މަޝްވަރާތައް ބާއްވައިފި

13 މޭ 2025 - 21:29 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލު، ކުވައިތުގެ ފޮރިން މިނިސްޓަރު އަބްދުﷲ އަލީ އަލް ޔަހްޔާ އާ އެކު --- ފޮޓޯ: ފޮރިން މިނިސްޓްރީ


ރާއްޖެއިން ކުވެއިތާއެކު ރަސްމީ މަޝްވަރާތައް ބާއްވައިފި

13 މޭ 2025 - 21:29 0

ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލު ކުވެއިތަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެ ގައުމުގެ ސަރުކާރާއެކު ރަސްމީ މަޝްވަރާތައް ބާއްވައިފި އެވެ.

ހަލީލު ކުވެއިތަށް ވަޑައިގެންނެވީ އިއްޔެ އެވެ. އޭނާގެ ދަތުރުގެ ތެރެއިން މިއަދު ކުވެއިތުގެ ފޮރިން މިނިސްޓަރު އަބްދުﷲ އަލީ އަލް ޔަހްޔާ އާ ވަނީ ބައްދަލުކުރައްވާފަ އެވެ.

ދިވެހި ހާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ، މި ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް ދެ ވަޒީރުން މަޝްވަރާކުރެއްވި ކަމަށެވެ.

އެގޮތުން މިނިސްޓަރު ހަލީލު ވާހަކަ ދެއްކެވީ އިގުތިސޯދީ ރޮނގުންނާއި، ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ދާއިރާއިންނާއި، ސިއްހީ ނިޒާމް ހަރުދަނާ ކުރުމުގެ ގޮތުންނާއި، އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އަދި، ކުވެއިތުން ދިވެހި ސަރުކާރަށް ދެމުންދާ އެހީތެރިކަމަށް ސަރުކާރުގެ ފަރާތުން ހަލީލު، ކުއެއިތަށް ޝުކުރު އަދާކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ. ހާއްސަކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް އެ ގައުމުން ދީފައިވާ އެހީތެރިކަން ހަލީލު ފާހަގަކުރެއްވި އެވެ.

ކުވެއިތުގެ ފޮރިން މިނިސްޓަރުގެ އިތުރުން އެ ގައުމުގެ އެކްޓިން ޕްރައިމް މިނިސްޓަރު އަދި މިނިސްޓާ އޮފް އިންޓީރިއާ އޮފް ސްޓޭޓް އޮފް ކުވައިތު ޝެއިހް ފަހާދު ޔޫސުފް އަލް ސައުދު އަލް ސަބާހު އާ ވަނީ ބައްދަލުކުރައްވާފަ އެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި މި ބައްދަލުވުމުގައި ވެސް ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރި ކަމަށެވެ.