Advertisement

ކާޓާގެ އަހަރީ ޓެކްނިކަލް ކޮންފަރެންސް މިއަހަރު ރާއްޖޭގައި ބާއްވަނީ

10 ޖުލައި 2023 - 11:39 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ކާޓާގެ ބައްދަލުވުމަށް ރާއްޖެ އަށް ވަޑައިގެންނެވި ކޮމަންވެލްތުގެ މާހިރުން


ކާޓާގެ އަހަރީ ޓެކްނިކަލް ކޮންފަރެންސް މިއަހަރު ރާއްޖޭގައި ބާއްވަނީ

10 ޖުލައި 2023 - 11:39 0

ކޮމަންވެލްތް އެސޯސިއޭޝަން އޮފް ޓެކްސް އެޑްމިނިސްޓްރޭޝަން (ކާޓާ) ގެ 43 ވަނަ އަހަރީ ޓެކްނިކަލް ކޮންފަރެންސް މިއަހަރު ދިވެހިރާއްޖޭގެ ބޭއްވުމަށް ނިންމައިފި އެވެ.

މި ކޮންފަރެންސްއަކީ ކޮމަންވެލްތްއަށް ނިސްބަތްވާ ގައުމުތަކުގެ ޓެކްސް އިދާރާތަކުން ބައިވެރިވާ، އަދި ކޮންމެ އަހަރަކު ވެސް ތަފާތު މެމްބަރު ގައުމެއްގައި ބާއްވާ ހަރަކާތެކެވެ. މިއީ މި ކޮންފަރެންސް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.

މިއަދު ފެށިގެން މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މި ހަރަކާތް ރާވައި އިންތިޒާމުކޮށްފައިވާ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ އިންނެވެ.

މިއަހަރުގެ ކާޓާ ޓެކެނިކަލް ކޮންފަރެންސްގެ ތީމަކީ "ޓެކްސް ކޮމްޕްލަޔަންސް މެނޭޖްކުރުމުގައި އަދި ހޮސްޕިޓާލިޓީ ދާއިރާއިން ޓެކްސް ނެގުމުގައި ޑޭޓާގެ ދައުރު" އެވެ.

މީރާއިން ބުނި ގޮތުގައި މި ތީމް ކަނޑައެޅުމުގެ މަގުސަދަކީ، ވަރުގަދަ ކޮމްޕްލަޔަންސް ރިސްކް މެނޭޖްމެންޓް ފްރޭމްވޯކެއް ބިނާކުރުމުގެ އިތުރުން، ހޮސްޕިޓާލިޓީ ދާއިރާއިން ޓެކްސް ނެގުމުގައި ކުރިމަތިވާ ގޮންޖެހުންތަކާއި މެދު މެމްބަރު ގައުމުތަކުގެ ބައިވެރިންގެ މެދުގައި ޝައުގުވެރި މަޝްވަރާތައް އުފައްދައި، އެކި ގައުމުތަކުގެ ތަޖުރިބާ ހިއްސާކުރުން ކަމުގަ އެވެ.

މި ކޮންފަރެންސްގައި 29 ގައުމަކުން އަދި ނުވަ ބައިނައްލަގުވާމީ އިދާރާއެއްގެ ޓެކުހާއި ބެހޭ މާހިރުން ބައިވެރިވުމަށް ހަމަޖެހިފައިވެއެވެ.