Advertisement

މިދިޔަ މަހު އަންދާޒާ ކުރި ވަރަށް އާމްދަނީ ނުލިބޭ, ކުރީ ފެބްރުއަރީއަށް ވުރެ ގޯސް

about 18 hours 0

އަމަން ހަލީމް

އަމަން ހަލީމް

ފިނޭންސް މިނިސްޓްރީ އާއި މީރާގެ އޮފީސް ހުންނަ އިމާރާތް: ދައުލަތަށް ވަންނަ އާމްދަނީގެ ބޮޑު ބަޔެއް ބަލައިގަންނަނީ މީރާއިން --- ފޮޓޯ: އަދަދު


މިދިޔަ މަހު އަންދާޒާ ކުރި ވަރަށް އާމްދަނީ ނުލިބޭ, ކުރީ ފެބްރުއަރީއަށް ވުރެ ގޯސް

about 18 hours 0

މިދިޔަ މަހު ޓެކުހާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އަންދާޒާ ކުރި ވަރަށް ފައިސާ ބަލައިގެންފައިވާ ނުވާ ކަމަށް އެންމެ ފަހުގެ ޓެކްސް ކަލެކްޝަން ރިޕޯޓުން ދައްކައިފި އެވެ.

މިދިޔަ މަހުގެ ޓެކްސް ކަލެކްޝަން ރިޕޯޓުގައިވާ ގޮތުގައި، އެ މަހު މީރާއިން ބަލައިގަތީ 2.8 ބިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ ފެބްރުއަރީގައި ބަލައިގަތް އަދަދަށް ވުރެ ގާތްގަނޑަކަށް ޕަސެންޓެއް، އަދި ލިބޭނެ ކަމަށް އަންދާޒާ ކުރި 2.9 ބިލިއަން ކުރި ވަރަށް ވުރެ ގާތްގަނޑަކަށް 12 ޕަސެންޓު ދަށް އަދަދެކެވެ.

މީރާއިން ބުނި ގޮތުގައި، މިދިޔަ އަހަރަށް ވުރެ އާމްދަނީ ދަށްވީ ރިސޯޓު ތަރައްގީކުރަން ދޫކޮށްފައިވާ ތަންތަނުގެ ލީސް މުއްދަތުގެ އިތުރުކުރުމުގެ ފީ އާއި އެއާޕޯޓު ޑިވެލޮޕްމަންޓް ފީ އާއި ރިސޯޓުތަކުގެ ބިމު ކުލީގެ ގޮތުގައި ލިބުނު އަދަދު މަދުވުމުންނެވެ. އަދި، މިދިޔަ އަހަރު އެޑްވާންސްކޮށް ދެއްކި ފައިސާ މި އަހަރު ދެއްކި ވަރަށް ވުރެ އިތުރު ކަމަށް ވެސް މީރާއިން ބުންޏެވެ.

ބަޖެޓުގައި އަންދާޒާ ކުރި ވަރަށް އާމްދަނީ ނުލިބުނީ، މީރާއިން ބުނީ، ޖީއެސްޓީ އާއި އެއާޕޯޓު ޓެކްސް އަދި ގްރީން ޓެކްސްގެ ގޮތުގައި ބަލައިގަތް ފައިސާ މަދުވުމުން ކަމަށް މީރާއިން ބުންޏެވެ.

މިދިޔަ މަހު މީރާއިން ބަލައިގަތް އާމްދަނީ އަންދާޒާތަކުން ކައްސާލިއިރު، އިރާނު ހަނގުރާމައާ ގުޅިގެން މި މަހު ޓޫރިޒަމަށް އައި ލޮޅުމާއެކީ މި މަހުގެ އާމްދަނީއަށް ވެސް އަސަރު ކުރާނެ ކަމަށް ބެލެވެ އެވެ.

އަންދާޒާ ކުރި ވަރަށް މިދިޔަ މަހު އާމްދަނީ ނުލިބުނަސް، މި އަހަރުގެ ޖެނުއަރީގައި ލިބުނު ރެކޯޑު އާމްދަނީއާ އެކީ މި އަހަރުގެ ފުރަތަމަ ދެ މަހު ލިބުނު އާމްދަނީ 7.2 ބިލިއަން ރުފިޔާއަށް އަރަ އެވެ. މި ފައިސާގެ ތެރޭގައި 300 މިލިއަން ޑޮލަރު ހިމެނެ އެވެ.