5 ޖުލައި 2023 - 07:41 0
ފާތިމަތު ސާޔާ އަހުމަދު
ތުރުކީގެ ރައީސް ތައްޔިބް އުރުދުގާން.
5 ޖުލައި 2023 - 07:41 0
އިތުރު އިންވެސްޓްމަންޓް ހޯދުމުގެ މަގްސަދުގައި ތުރުކީގެ ރައީސް ތައްޔިބް އުރުދުގާން ގަލްފުގެ ގައުމުތަކަށް ދަތުރު ކުރަން ނިންމަވައިފި އެވެ.
އުރުދުގާން އާއި ފިނޭންސް މިނިސްޓަރު މެހްމެތު ސިމްސެކް ވަޑައިގަންނަވާނީ ޔޫއޭއީގެ އިތުރުން ސައުދީ އަރަބިއްޔާ އާއި ގަތަރަށް ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މީގެ ކުރިން ވެސް ތުރުކީ އާއި ޔޫއޭއީއިން ވަނީ އިންވެސްޓްމަންޓާ ގުޅޭ މަޝްވަރާކޮށްފަ އެވެ. އެގޮތުން ޔޫއޭއީގެ އިސް ވަފުދެއް މިދިޔަ މަހު ތުރުކީއަށް ދަތުރުކުރި އެވެ.
އުރުދުގާންއާ މެދު ހިތްހަމަނުޖެހޭ ހުޅަނގުގެ ގައުމުތަކުން ތުރުކީގައި އިންވެސްޓް ކުރުން ހުއްޓާލާފައިވާ އިރު، އެކަން ފޫބެއްދުމަށް ގަލްފުގެ އެއްބާރުލުން ބޭނުންވެ އެވެ.
ޔޫއޭއީ އާއި ސައުދީ އަރަބިއްޔާ އަދި ގަތަރުން މިހާރު ވެސް ދަނީ ތުރުކީގެ މަރުކަަޒީ ބޭންކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދެމުންނެވެ.
އޮފިޝަލުން ބުނީ ގަލްފު ގައުމުތަކުން 25 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ހޯދުމަށް ތުރުކީ ސަރުކާރުން ލަނޑުދަނޑި ކަނޑައަޅާފައިވާ ކަމަށެވެ.
Comment